ކުޅިވަރު

ޕްރިމިއަރ ލީގު: ޔުނައިޓެޑް ބަލިކޮށް އެސްޓަން ވިލާއިން އާސެނަލް ތިން ޕޮއިންޓު ކައިރިޔަށް

ޕްރިމިއަރ ލީގު: ޔުނައިޓެޑް ބަލިކޮށް އެސްޓަން ވިލާއިން އާސެނަލް ތިން ޕޮއިންޓު ކައިރިޔަށް

އެސްޓަން ވިލާގެ ގޯލުތައް ކާމިޔާބުކޮށްދިން މޯގަން ރޮޖާސް---

farudhun logo

ފަރުދުން

22 ޑިސެމްބަރު 2025، 10:39

22 ޑިސެމްބަރު 2025، 10:39

އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑް 2-1އިން ބަލިކޮށް، އެސްޓަން ވިލާއިން އާސެނަލްއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. 

މިއީ ޖެހިޖެހިގެން މި ސީޒަންގައި އެސްޓަން ވިލާ ކާމިޔާބުކުރި 10 ވަނަ މެޗެވެ. އަދި ލީގުގައި ޖެހިޖެހިގެން ކާމިޔާބުކުރި 7ވަނަ މެޗެވެ. މިއީ ފާއިތުވި 36 އަހަރުގެ ތެރޭގައި ޖެހިޖެހިގެން މި އަދަދަށް އެ ޓީމަށް މެޗުތައް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

ވިލާ ޕާކުގައި ކުޅުނު މި މެޗުގައި އެސްޓަން ވިލާގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ މޯގަން ރޮޖާސްއެވެ. އޭނާ ވިލާއަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެން މިޗެގެ ނަތީޖާ ހަމަހަމަކުރިއެވެ. އެއީ ވިލާގެ ޑިފެންޑަރ މެޓީ ކޭޝްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޔުނައިޓެޑްގެ މެތިއުސް ކޫނާ ކާމިޔާޝުކުރި ގޯލެކެވެ.

އެސްޓަން ވިލާއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައެވެ. މިއީ މި ސީޒަނުގައި ރޮޖާސް ޖެހި ހަތްވަނަ ގޯލެވެ.

މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 17 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަޤާމް ލިބިފައެވެ. އަދި އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތީ 3 ޕޮއިންޓެވެ. އެހެންކަމުން މި ސީޒަންގައި އަދި ވިލާ މިއޮތީ ލީގުގެ ރޭހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން