Ads by Stelco

ޚަބަރު

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާއެރުވުމުގެ ފަރިތަކުރުމެއް ކުރިއަށްގެންދަނީ

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާއެރުވުމުގެ ފަރިތަކުރުމެއް ކުރިއަށްގެންދަނީ

ހަވާ އެރުވުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ޑިސެމްބަރު 2025، 11:59

22 ޑިސެމްބަރު 2025، 11:59

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އެރުވުމުގެ ޙަރަކާތެއް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދޭގޮތުގައި، މި ޙަރަކާތް ކުރިއަށްދާނީ ހުޅުމާލެ ފޭސް 3ގައި މިރޭ 20:00 އާއި 20:30 އާއި ދެމެދުގައެވެ. އަދި ހަވާ އެރުވުމުގެ މުއްދަތަކީ 4 މިނެޓު ކަމުގައި ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ޙަރަކާތަކީ، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަވާ އެރުވުމުގެ ފަރިތަކުރުމެއްކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ސިފްކޯއަކީ، ޚާއްޞަ މުނާސަބަތުތަކާއި ޙަރަކާތްތަކާ ގުޅިގެން ވިޔަފާރި އުޞޫލުން ހަވާ އެރުވުމުގެ ޙަރަކާތްތައް ގިނަ ފަހަރު ކުރިއަށް ގެންދާބައެކެވެ. އަދި މިފަދަ ޙަރަކާތްތަކަށް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން