Ads by Stelco

ޚަބަރު

ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 5 މީހަކު ހައްޔަރަށް!

ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 5 މީހަކު ހައްޔަރަށް!

މި މައްސަލައިގައި ހައްޔަރުކުރި 5 މީހުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ޑިސެމްބަރު 2025، 12:57

22 ޑިސެމްބަރު 2025، 12:57

ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން 5 މީހަކު ހައްޔަރަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރު 19 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައި ވަނީ ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަންގައި، ދޯންޏެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ރ. ދުވާފަރު / ލިލީމާގެ، މުޙައްމަދު ޝައްފާން (29އ) އާއި ރ. ދުވާފަރު / ސައިޑްރިވަރ، އަޙްމަދު ޢާޞިމް (38އ) އާއި ރ. ދުވާފަރު / ޗަމްޕާގެ، އަޙްމަދު ސާއިފް ޢަބްދުއްޝުކޫރު (28އ) އާއި ރ. އުނގޫފާރު / ލުނބޯގަސްދޮށުގެ، ސިޔާމް މުޙައްމަދު  (34އ) އަދި ޅ. ނައިފަރު / ސަބީނާ، މުޙައްމަދު ސަޢީދު (43 އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިމީހުންގެ ތެރެއިން އަޙްމަދު ޢާޞިމް 10 ދުވަހަށް އަދި ދެންތިބި އެންމެން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން