Ads by Stelco

ޚަބަރު

އެންޑީއޭގެ ހުސްވެފައިވާ ޗެއާޕާސަންގެ މަޤާމަށް ސިއްދީގު ޢައްޔަންކޮށްފި

އެންޑީއޭގެ ހުސްވެފައިވާ ޗެއާޕާސަންގެ މަޤާމަށް ސިއްދީގު ޢައްޔަންކޮށްފި

އަހްމަދު ސިއްދީގު/ފޮޓޯ: މެންދުރު ޓީވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ޑިސެމްބަރު 2025، 03:43

22 ޑިސެމްބަރު 2025، 03:43

ނޭޝަނަލް ޑްރަގް އޮތޯރިޓީ (އެންޑީއޭ) ގެ ހުސްވެފައިވާ ޗެއާޕާސަންގެ މަޤާމަށް އަހުމަދު ސިއްދީގު ޢައްޔަނުކުރައްވައިފި އެވެ.

އަހުމަދު ސިއްދީގު އަކީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމު ފުރުއްވަމުން އަންނަ ބޭފުޅެކެވެ.

މި މަޤާމު ހުސްވެފައި އޮންނަތާ ދެ މަހެއްހާ ދުވަސް ފަހުން، ޗެއާޕާސަންގެ މަޤާމަށް އަހުމަދު ސިއްދީގު ހަމަޖެއްސުމާ ގުޅިގެން ނޭޝަނަލް ޑްރަގް އޮތޯރިޓީ ވަނީ އޭނާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަހުމަދު ސިއްދީގަކީ، މީގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިންގުމުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އެންޑީއޭގެ ޗެއާޕާސަންގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން އެ މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. ލުބްނާ ޒާހިރު އެ މަޤާމަށް ޢައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެތެރޭގައެވެ.

ލުބްނާ މަޤާމުން ވަކިކުރައްވާފައި ވަނީ އޭނާއާ ދެކޮޅަށް އެ އޮތޯރިޓީގެ މުވައްޒަފުން ގިނަ މައްސަލަތަކެއް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމާއި ގުޅިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން