ވިޔަފާރި
އައު ޓަރމިނަލުން 5 މަސްތެރޭ 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތްދީފި
ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުގެ އާޓަރމިނަލް: ފޮޓޯ- އެމްއޭސީއެލް
ފަރުދުން
22 ޑިސެމްބަރު 2025، 07:16
22 ޑިސެމްބަރު 2025، 07:16
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން 5 މަސްތެރޭ 500,000އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތްދީފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ވިދާޅުވެއްޖެއެވެ.
އެކުންފުނިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓަރމިލަން، ޓަރމިނަލް 1އިން 15 ޑިސެންބަރު 2025ގެ ނިޔަލަށް 508،008 ފަސިންޖަރުން ޚިދުމަތް ހޯދާފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން ފުރި 252،340 ފަސިންޖަރުންނާއި ރާއްޖެ އައި 255،668 ފަސިންޖަރުން ހިމެނޭ ކަމަށްވެސް އެކުންފުނިން މަޢުލޫމާތު ދެއްވައެވެެ.
އެމްއޭސީއެލުން އިތުރަށް ވިދާޅުވީ، މިހާތަނަށް އެންމެ ގިނައިން ފަސިންޖަރުންނަށް ޚިދުމަތް ދެވިފައިވަނީ މިހިނގާ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ކަމުގައެވެ. މި ދުވަހު އެކަނިވެސް 19،551 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ރާއްޖެއިން ފުރި 8،681 ފަސިންޖަރުންނާއި ރާއްޖެއައި 10،870 ފަސިންޖަރުން ހިމެނެއެވެ.

ކުލަގަދަ ޙަފްލާއަކާއެކު ވީއައިއޭގެ ޓަރމިނަލް 1 ހުޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި 26 ޖުލައި 2025ގައެވެ. މި ޙަފްލާގައި މި ޓަރމިނަލް ހުޅުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޓަރމިނަލްގައި މިހާރު 37 އެއަރލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ.