ޚަބަރު
ޕީކް ސީޒަނަށް ތައްޔާރުވުމަށް، ދިގުރަށުގެ ޖަނަރޭޓަރެއްގެ ޓޮޕް އޯވަރހޯލް ކުރުމަށްފަހު އަލުން ޚިދުމަތް ދޭން ފަށައިފި
ޚިދުމަތް ދޭން ފެށުން/ފޮޓޯ: ސްޓެލްކޯ
ޕީކް ސީޒަނަށް ތައްޔާރުވުމަށް، ދިގުރަށުގެ ޖަނަރޭޓަރެއްގެ ޓޮޕް އޯވަރހޯލް ކުރުމަށްފަހު އަލުން ޚިދުމަތް ދޭން ފަށައިފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އދ. ދިގުރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 600kW ގެ ޖެނެރޭޓަރެއްގެ ޓޮޕް އޯވަރހޯލްއެއް ކުރުމަށްފަހު މިހާރު އެ ޖަނަރޭޓަރުން އަލުން ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް މި ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އދ. ދިގުރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 600kW ގެ ޖެނެރޭޓަރެއްގެ ޓޮޕް އޯވަރހޯލްއެއް ކުރުމަށްފަހު މިހާރު ވަނީ އެ ޖަނަރޭޓަރުން އަލުން ޚިދުމަތްދޭން ފަށާފައި. pic.twitter.com/CAnqKijHm4
— STELCO (@STELCOMALDIVES) December 23, 2025
ދިގުރަށުގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ލިބޭ މިންވަރު ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ޕީކް ސީޒަނުގައި ކަރަންޓަށް އޮންނަ ބޭނުންތެރިކަން އިތުރުވާތީ، މިފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ، އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދެމެހެއްޓުމަށެވެ.
ސްޓެލްކޯ އިން ދަނީ، ރާއްޖޭގެ އެކި ރަށްތަކަށް އެ ކުންފުނިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުރިހަމަކޮށް، ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.