ޚަބަރު
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ފާހަގަކުރުމަށް ވެބިނަރ އެއް ބާއްވަނީ
ރާއްޖޭގެ ރިސޯޓެއް/ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ފާހަގަކުރުމަށް ވެބިނަރ އެއް ބޭއްވުމަށް ނިންމައިފިއެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ފާހަގަކޮށް، އިންވެސްޓަރުންނަށް ޚާއްޞަ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ވެބިނަރ އެއް ކަމަށެވެ.
In continuation of ongoing investment promotion efforts, the Ministry will be hosting an information webinar for investors, highlighting opportunities within the Maldives tourism industry.
— Ministry of Tourism and Environment (@MoTmv) December 21, 2025
Date: 11 JAN 2026, 10:00hrs Maldives Time.
Interested participants are invited to register… pic.twitter.com/twyrShfiGU
މި ވެބިނާރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް، ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، މި ވެބިނަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ވެބިނަރގައި ރާއްޖޭގެ އަދި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވެވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ވެބިނަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 7 ވާ ބުދަ ދުވަހުގެ ކުރިން، ލިންކު މެދުވެރިކޮށް ނަންނޯޓް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.