ދުނިޔެ

ނުޞައިރަތް ރެފިޔުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 20 މީހަކު ޝަހީދު ކޮށްލައިފި!

ނުޞައިރަތް ރެފިޔުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 20 މީހަކު ޝަހީދު ކޮށްލައިފި!

ނުޞައިރަތް އަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ކައިރީގައި އާއިލާގެ މީހަކު ހުއްޓިގެން. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2024، 03:50

31 އޯގަސްޓު 2024، 03:50

އިޒްރާއިލްގެ ހައްދުފަހަނައެޅި ސިފައިން ފަލަސްޠީނުގެ ނުޞައިރަތް ރެފިޔުޖި ކޭމްޕަށް ދިން ހަމަލާތަކުގައި އެ ކޭމްޕްގައި ތިބި މީހުންގެ ތެރެއިން 20 މީހަކު ޝަހީދުވެއްޖެއެވެ. 

އަލްޖަޒީރާގެ އެންމެ ފަހުގެ އަދާހަމަތައް ބުނާގޮތުން ނުޞައިރަތް ކޭމްޕަށް ދިން ހަމަލާގައި އެ ސަރަހައްދުން 20 މީހަކު ވަނީ ޝަހީދު ވެފައެވެ. 

ނުޞައިރަތް ކޭމްޕަށް ދިން ހަމަލާތައް މީހުން ދިރިއުޅޭ ސަރަހައްދު ތަކަށް ސީދާ އަމާޒުކޮށްފައިވާ ކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން އަލްޖަޒީރާއިން ބުނެފައިވަނީ ނުޞައިރަތަށް ދިން ހަމަލާތައް ދީފައިވަނީ އިންޒާރެއް ދިނުމަކާއި ނުލައެވެ. 

އެމަޖެންސީ ޙާލަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވަނީ ވެޢްޓިފައިވާ އިމާރާތް ތަކުގެ ދަށުން ތާށިވެފައިވާ މީހުން ނެގުމަށް ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

ނުޞައިރަތް ކޭމްޕުގައި ހިންގި ޤަތުލް ޢާންމުގައި މިޢަދަދަށް މީހުން ޝަހީދުވެފައިވާ އިރު ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިޒްރާއިލުން ދަނީ އަނިޔާވެރި އެތައް ޢަމަލެއް ހުއްޓުމެއް ނެތި ހިންގަމުންނެވެ. އެގޮތުން މިދިޔަ ބުދަދުވަހު އިޒްރާއިލުން ފެށި މީހުން ހައްޔަރު ކުރުމުގެ މަސައްކަތުގަ ދަށުން މިހާތަނަށް 70 މީހަކު ވަނީ ހައްޔަރު ކޮށްފައިވެއެވެ. 

ޢެގެ ތެރޭގައި ކުޑަކުދިން، ނޫސްވެރިން، އަންހެނުންގެ އިތުުރުން މީގެކުރިން ޖަލަށް ލައި ދޫކޮށްލައިފައިވާ މީހުންވެސް ހިމެނެއެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުުވަހުން ފެށިގެން މިއަދާއި ހަމައަށް ހުޅަނގު އައްސޭރިން އެކަނިވެސް ފަލަސްޠީނުގެ 10،300 މީހަކު އިޒްރާއިލްގެ އަނިޔާވެރި ޔަހޫދީ ސިފައިން ހައްޔަރުކޮށްފައިވެއެވެ. 

އިޒްރާއިލުން މިދިޔަ އަހަރުގެ އޮކްޓޫބަރު 7ގައި ފަލަސްޠީނުގައި ހިންގަން ފެށި ނަޞްލު ނައްތާލުމުގެ ޤަތުލު ޢާންމުގައި މިހާތަނަށް ފަލަސްޠީނުގެ 40،602 މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

މި ލިޔުން ކިޔާލުމުން