ދުނިޔެ

އެމްއައި-17 ހެލިކޮޕްޓަރުން ވައިގެ މަގުން ޓޯކުރަމުންދިޔަ ދިޔަ ހެލިކޮޕްޓަރެއް ކެދަރްނާތަށް ވެއްޓިއްޖެ!

އެމްއައި-17 ހެލިކޮޕްޓަރުން ވައިގެ މަގުން ޓޯކުރަމުންދިޔަ ދިޔަ ހެލިކޮޕްޓަރެއް ކެދަރްނާތަށް ވެއްޓިއްޖެ!

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ހިނގި ސަރަހައްދު.

farudhun logo

ފަރުދުން

31 އޯގަސްޓު 2024، 05:55

31 އޯގަސްޓު 2024، 05:55

ހުލާސާ


އަމިއްލަ ކުންފުންޏަކުން އޮޕަރޭޓްކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓުނީ ލިންޗޯލީގެ މަންޑަކިނީ ކޯރު ކައިރިންނެވެ.
އުއްތަރަކަންދުގެ ކެދާރްނާތުން ގައުޗަރަށް އެމްއައި-17 ހެލިކޮޕްޓަރަކުން ވައިގެ މަގުން ޓޯކުރަމުންދިޔަ ހެލިކޮޕްޓަރެއް މިއަދު ހެނދުނު ޓޯވިން ވާގަނޑު ކެނޑުމުގެ ސަބަބުން މެދުވައިގެ ތެރެއިން ކުއްލިއަކަށް ވަނީ ވެއްޓިފައެވެ.
އަމިއްލަ ކުންފުންޏަކުން އޮޕަރޭޓްކުރަމުން ދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ ލިންޗޯލީގެ މަންޑަކިނީ ކޯރު ކައިރިންނެވެ. އޮފިޝަލަކު ވިދާޅުވީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެ އެކްސިޑެންޓް ހިނގި ވަގުތު ކެމެރާއަށް ރިކޯޑް ކުރެވިފައިވާ  ކަމަށެވެ.

އޮފިޝަލަކާ ހަވާލާދީ ނިއުސް އެޖެންސީ އޭއެންއައި އިން ބުނީ، މިއަދު ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފަންޑް (އެސްޑީއާރްއެފް) ގެ ރެސްކިއު ޓީމަށް ލިންޗޯލީގައި ފުލުހުން މެދުވެރިކޮށް މައުލޫމާތު ލިބުނީ ޝްރީ ކެދާރްނާތު ހެލިޕެޑުން ގޯޗާރް ހެލިޕެޑަށް އެހެން ހެލިކޮޕްޓަރަކުން ޓޯ ކުރަމުން ދިޔަ ޕްރައިވެޓް ކުންފުންޏެއްގެ ހެލިކޮޕްޓަރެއް ތާރު ކޭމްޕް ކައިރީގައި އޮންނަ ލިންޗޯލީގެ ކޯރަކަށް ވެއްޓުނު ކަމުގެ މައުލޫމާތެވެ. އެސްޑީއާރުއެފްގެ ޓީމް އެސަރަހައްދަށް ގޮސް، ރިލީފްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހެލިކޮޕްޓަރަކީ މީގެ ކުރިން ކެދަރްނާތު ޓެމްޕަލަށް ފަސިންޖަރުން ގެންދިއުމުގައި ހަރަކާތްތެރިވި ހެލިކޮޕްޓަރެކެވެ. އަދި ޓޯކުރަމުން ދިޔައީ ހެލިކޮޕްޓަރަށް ދިމާވެފައިވާ ޑިފެކްޓް މައްސަލައެއްގެ ސަބަބުންނެވެ.

މި ލިޔުން ކިޔާލުމުން