Ads by Stelco

ޚަބަރު

ކޯޓަށް ހާޒިރުކުރުމަށްޓަކައި ޙަސަން މަމްދޫހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ކޯޓަށް ހާޒިރުކުރުމަށްޓަކައި ޙަސަން މަމްދޫހު  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މއ. އެރަލްސީ /މާލެ، ޙަސަން މަމްދޫހު ފޮޓޯ: ސޯޝަލް މީޑިއާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޑިސެމްބަރު 2025، 08:47

27 ޑިސެމްބަރު 2025، 08:47

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކައި، އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި މަކަރާ ހީލަތުން އަތްގަދަކުރިކަމުގެ ތުހުމަތު ކުރެވޭ ޙަސަން މަމްދޫހު ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންކަމަށް ވިދާޅުވެއްޖެއެވެ. މި މައްސަލައަކީ އާންމުންގެ އެތައް ބަޔަކަށް އެޕާޓްމަންޓްގެ ނަމުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައެކެވެ.

ފުލުހުން ވިދާޅުވީ، މއ. އެރަލްސީ /މާލެ، ޙަސަން މަމްދޫހު ބަންދުގައި ބަހައްޓައިގެން 2025 ޑިސެމްބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އޭނާ ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަމްދޫހް ކޯޓަށް ހާޒިރުކުރުމަށް މި އަމުރު ނެރުނީ، އޭނާ ޝަރީޢަތުގެ އަޑުއެހުންތަކަށް ހާޒިރުނުވެ، ކޯޓަށް ފިލައިގެން އުޅޭތީއެވެ. މިހާރުވެސް އޭނާގެ މައްޗަށް އެތައް ދަޢުވާއެއް އުފުލާފައިވާއިރު، މި މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާ އޮތީ ހުކުމާއި ހިސާބަށް ގޮސްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450