ވިޔަފާރި
އައު އަހަރާ ދިމާކޮށް ބޭންކުތައް ބަންދުވިޔަސް ޚިދުމަތް ލިބޭނެ
އައު އަހަރާ ދިމާކޮށް ބޭންކުތައް ބަންދުވިޔަސް ޚިދުމަތް ލިބޭނެ / ފޮޓޯ: ބީއެމްއެލް
ފަރުދުން
29 ޑިސެމްބަރު 2025، 08:57
29 ޑިސެމްބަރު 2025، 08:57
އައު އަހަރާ ދިމާކޮށް 4 ދުވަހަށް ބޭންކުތައް ބަންދުވިޔަސް، ބޭންކިންގ ޚިދުމަތްތައް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މިކަން ހާމަކޮށްފައި ވަނީ އައު އަހަރާ ދިމާކޮށް، 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 3 ޖަނަވަރީ 2026 އާ ހަމައަށް އެމްއެމްއޭ އާއި ބޭންކުތައް ބަންދުވާނެތީއެވެ. ބަންދު ދުވަސްތަކަށްފަހު އެމްއެމްއޭ އާއި ބޭންކުތައް ދެން ހުޅުވާނީ 4 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުއެވެ.
ބީއެމްއެލްއިން ވިދާޅުވީ ބަންދު ދުވަސްތަކުގައި އިންޓަރނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި އޭޓީއެމް މެދުވެރިކޮށް ބޭންކިންގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށެވެ. އަދި ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އާއި ވެބްޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ނިމުމާއިއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެންބަރުމަހުގެ ފަހު ހަފްތާގައި ބޭންކުތައް ބަންދުކުރެއެވެ. ބޭންކު ބަންދުކުރިނަމަވެސް ބީއެމްއެލް އަދި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައި ހުރި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބޭންކުން ވިދާޅުވެއެވެ.