ކުޅިވަރު

ދެދުވަހެއްގެ ތެރޭގައި އަންހެން ޤައުމީ ފުޓްސަލް ޓީމުގެ ސްކޮޑު ފައިނަލްކުރާނެކަމަށް ބުނެފި

ދެދުވަހެއްގެ ތެރޭގައި އަންހެން ޤައުމީ ފުޓްސަލް ޓީމުގެ ސްކޮޑު ފައިނަލްކުރާނެކަމަށް ބުނެފި

އަންހެން ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން / ފޮތޯ: ޕީއެސްއެމް

farudhun logo

ފަރުދުން

29 ޑިސެމްބަރު 2025، 09:52

29 ޑިސެމްބަރު 2025، 09:52

ސާފް ވިމެންސް ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޤައުމީ ފުޓްސަލް ޓީމުގެ ސްކޮޑު، ދެދުވަހެއްގެ ތެރޭގައި  ފައިނަލްކުރާނެކަމަށް، ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތިފް މުޙައްމަދު ބުނެފިއެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި އާތިފް ބުނެފައި ވަނީ، ޓީމުގައި އަނިޔާގެ މައްސަލައެއް ނޫޅޭ ކަމަށާއި، ސްކޮޑު ކުޑަކޮށްލުމަށްފަހު ފަރިތަކުރުންތައް ވަރުގަދަކުރާނެކަމަށެވެ.

މީގެ އިތުރުން، އަންހެން ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ފިރިހެން ޓީމުގެ ތަޖުރިބާކާރު ކޯޗު، ފާރޫކް ޒަކިރޯވްގެ އެހީތެރިކަން ވެސް ހޯދަމުން އަންނަކަމަށް އާތިފް ފާހަގަކުރެއެވެ.

ފިރިހެން ޓީމެކޭ އެއްގޮތަށް އަންހެން ޓީމަށް ވެސް އޮތް އެންމެ ބޮޑު އުނދަގުލަކީ ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑެއް ނެތުމެވެ. ޙާއްޞަކޮށް މިހާރު ތައްޔާރުވަމުންދާ މުބާރާތް އިންޑޯ ދަނޑެއްގައި ކުޅެން ޖެހުންވެގެންދާނީ އުނދަގޫ ކަމަކަށެވެ. 

އެހެން ގައުމުތަކުން ފުރަތަމަ ދުވަހުން ފެށިގެންވެސް ޕްރެކްޓިސްތައް ކުރިއަށް މިގެންދަނީ އިންޑޯގަ. އެހެންވީމަ އިންޑޯއާއި އައުޓްޑޯއާއި ހުރި ތަފާތު ފެނިގެންދާނެ. އަޅުގަނޑުމެން އައުޓްޑޯގަ ޕްރެކްޓިސް ކުރާތީވެ އެއީ އެންމެ ބޮޑު ގޮންޖެހުމަކީ.

އާތިފް ބުނެފަވެއެވެ.

މިކަމަށް ޙައްލެއް ހޯދުމަށް ފިރިހެން ޓީމުން ކުރި މަސައްކަތުގެ ތެރެއިން، އެ ޓީމު އަންގާރަ ދުވަހު ޗައިނާއަށް ފުރުމަށް ދަނީ ތައްޔާރުވަމުންނެވެ. ދިވެހި ޓީމުން އެ ޤައުމުގައި ފަރިތަކުރުމަށްފަހު، މާލެ ނައިސް ދެން ދާނީ ތައިލެންޑަށެވެ. 

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕު ކުރިއަށްދާނީ އަންނަ ޖެނުއަރީ މަހުގެ 14 އިން 26 ގެ ނިޔަލަށް ބެންކޮކްގެ ނޮންތުބުރި ސްޓޭޑިއަމްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450