ކުޅިވަރު

އިންޑޯ ފަރިތަކުރުންތަކަށް ޤައުމީ ފުޓްސަލް ޓީމް ޗައިނާއަށް ފުރައިފި

އިންޑޯ ފަރިތަކުރުންތަކަށް ޤައުމީ ފުޓްސަލް ޓީމް ޗައިނާއަށް ފުރައިފި

ޤައުމީ ފުޓްސަލް ޓީމު ފުރުމުގެ ކުރިން މާފަންނު ބަސް ޓާމިނަލުގައި / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ޑިސެމްބަރު 2025، 09:57

30 ޑިސެމްބަރު 2025، 09:57

އަންނަ މަހު އޮންނަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކަކަށް އެ ޓީމު ޗައިނާއަށް މިއަދު ފުރައިފިއެވެ.

ސާފްއިން މުޅިން އަލަށް ޖެނުއަރީ 14-26އަށް ބާއްވާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ޗައިނާގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިއުމަށް ނިންމީ، އެ މުބާރާތް ކުޅޭނީ އިންޑޯ ދަނޑުގައިކަމަށްވެފައި، ރާއްޖޭގައި އެ އިންތިޒާމުތައް ނެތުމުންނެވެ.

ޗައިނާއަށް ޤައުމީ ފުޓްސަލް ޓީމު ފުރުމުގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ހެނދުނު ޓީމާ ބައްދަލުކުރައްވައި، ހިތްވަރުދެއްވާފައެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރުގެ އިތުރުން އެ އިދާރާގެ ބައެއް އިސް ބޭފުޅުން ވަނީ މާފަންނު ބަސް ޓާމިނަލަށް ވަޑައިގެން، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ.

ޤައުމީ ފުޓްސަލް ޓީމުގެ ބައެއް ކުޅުންތެރިން / ފޮޓޯ: އެފްއޭއެމް

އެފްއޭއެމްއިން ބުނީ ޗައިނާގައި އިންޑޯއަށް ފަރިތަވުމަށް ކުޅުންތެރިން ހަދާ ތަމްރީނުތަކަށްފަހު 14 އަށް ސްކޮޑު ކުޑަކުރާނެ ކަމަށާއި، އެ ކުޅުންތެރިން ޗައިނާއިން މާލެ ނައިސް ސީދާ ދަތުރުކުރާނީ ތައިލެންޑަށް ކަމަށެވެ.

ފިރިހެން ޓީމު ޗައިނާއަށް ފުރިއިރު، އަނެހެން ޓީމުގެ ކޯޗު އާތިފް މުޙައްމަދު ފާހަގަކޮށްފައިވާ ގޮތުގައި، އަންހެން ޓީމަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީއެވެ. 

އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށްގެންދާ މި މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗު ކުޅޭނީ ޕާކިސްތާންއާއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450