ވިޔަފާރި

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް ޓެސްޓުކުރަން ފަށައިފި

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް ޓެސްޓުކުރަން ފަށައިފި

ސްވައިޕްއަކީ ބީއެމްއެލްގެ އުފެއްދުމެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ޑިސެމްބަރު 2025، 11:10

30 ޑިސެމްބަރު 2025، 11:10

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ފިންޓެކް ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ބޭންކުން ތަރައްޤީކޮށްފައިވާ ޑިޖިޓަލް ވޮލެޓް، ސްވައިޕް ޓެސްޓުކުރަން ފަށާފައިވާކަމަށް ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ސޯސަލް މީޑިއާގައި ޚިއްޞާކުރި ޕޯސްޓެއްގައި ބުނީ، ސްވައިޕްގެ ބީޓާ މަރުހަލާގައި ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައިވާ ކަމަށެވެ. މިއީ ސްވައިޕްގެ ހިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ހިންގާ ޓެސްޓިން މަރުހަލާއެއް ކަމަށް ވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.

މި ޚިދުމަތް އާންމުކޮށް ހުޅުވާލުމާ ގުޅޭގޮތުން ބޭންކުން ބުނީ، އަންނަ މަހުން ފެށިގެން ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފަށާނެ ކަމަށެވެ. އަދި މީގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް ބޭނުންކުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލާ ރާއްޖޭގައި ކުރާ މުޢާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ހިދުމަތް ވެސް އަންނަ އަހަރު ފަށާނެ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.



ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ބޭންކުގެ ޚިދުމަތްތައް ހޯދޭނެއެވެ. އެގޮތުން، ވަގުތުން ފައިސާ ފޮނުވުމުގެ ފުރުސަތާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހެއްގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަނެވޭނެއެވެ. 

އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެ އިންތިޒާމާއި ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރުމުގެ ފަސޭހަ އިންތިޒާމާއި، ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވުމާއި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގުމުގެ ޚިދުމަތް ސްވައިޕް މެދުވެރިކޮށް ލިބޭނެކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ. 

އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ ސްވައިޕަކީ، ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ވޮލެޓެކެވެ. މި ޑިޖިޓަލް ވޮލެޓަކީ ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި އުފެއްދުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450