ޚަބަރު
އެކި ގޮންޖެހުންތަކާއެކު ވެސް އެސްޓީއޯ އިން އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ ސަޕްލައި އިތުރުކުރެވިއްޖެ: ވަޒީރު ނާޒިމް
ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް/ފޮޓޯ: ރައީސް އޮފީސް
އެކި ގޮންޖެހުންތަކާއެކު ވެސް އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ ސަޕްލައި އިތުރުކުރެވިފައިވާކަމަށް ޞިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ބޭސް ލިބުން ދަތިވާ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާރު ކުރަމުންދާކަމަށެވެ. ހަމަ އެހެންމެ، މިކަމާއި ގުޅިގެން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ލުއިތަކާއި ކުރިއެރުން ލިބެމުންދާކަމަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ބޭހުގެ މައްސަލަ ޙައްލުވެގެން އަންނައިރު ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުވެސް އިތުރުކުރެވި ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓުވެސް ފުޅާވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ވަޒީރު ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކި މަސައްކަތްތައް ކުރަމުންދާއިރު އެކި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައްވެސް ވަރަށް ގާތުން ބަލަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާވެސް ފެންނަމުންދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެެވެ.
އަޅުގަނޑަށް ވަރަށް ސާބިތުކަމާއެކު ދައްނަވަން ކެރޭނެ، ވަރަށް ބޮޑުތަނުން މައްސަލަ ލުއިވެފައިވާކަން. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެއްވެސް މީހަކު ޝަކުވާނުކޮށް އުޅެވޭނެ މިންވަރަށް މިކަން ހައްލުކުރުން. އެމަގުން އެކަން ކުރިއަށް ގެންދިޔުން. މީގައި އެބަހުރި ގަވަރނެންސް ނިޒާމުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތް، ބޭސް ސަޕްލައި ކުރުމުގައި ކުރަންޖެހޭ ކަންކަމާއި އާސަންދަ ލިބޭ މި ނިޒާމުގައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި.
ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ ބޭހުގެ ސަޕްލައި ހަރުދަނާކޮށްފައިވާއިރު، ބޭސް އެތެކުރާ މިންވަރު އެތައް ގުނައެއް އިތުރުކުރެވިފައިވާކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުުން، މީގެ ކުރިން އެސްޓީއޯއިން އެތެރެކުރަމުންދިޔައީ 200 އެއްހާ ބޭސްކަމަށާއި މިހާރު 800 އާއި 900 ދެމެދުގެ ބޭސް އެތެރެކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އުޞޫލުތައް ހަރުދަނާކޮށް ޓްރީޓްމަންޓުގެ ގައިޑްލައިންތައް ހަރުދަނާކުރެވުމާއެކު، މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓުގެ ގައިޑްލައިން އެކުލަވާލާފާއިވާކަމަށް ވަޒީރު މަޢުލޫމާތިދެއްވިއެވެ.
ވަޒީރު ވިދާޅުވީ، ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ރާއްޖެއަށް ބޭސް އެތެރެކުރުމަށް ވަކި ޚާއްޞަ ކުންފުންޏެއް އެކުލަވައިލެއްވުން ކަމަށެވެ.
އިއްބެ
05/01/2026 16:54
ބަހެއްބުނުމަކުންނުފުދޭ މިކޮޅުންބޭހެއްނުލިބިގެން އާސަންދައޮފ ިހަށްޙަވާލުކުށޮގެންއުޅޭތާދުމަސްވީ އަދިޚަބަރެއްނުވޭ