ކުޅިވަރު

ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗެއްގެ މަޤާމަށް އަނެއްކާ ވެސް އުރުބާނީ ހަމަޖައްސައިފި

ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗެއްގެ މަޤާމަށް އަނެއްކާ ވެސް އުރުބާނީ ހަމަޖައްސައިފި

ޤައުމީ ޓީމުގެ ކޯޗެއްގެ މަޤާމަށް ހަމަޖެއްސި އިސްޓަވާން އުރުބާނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 ޖެނުއަރީ 2026، 07:14

06 ޖެނުއަރީ 2026، 07:14

ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗެއްގެ މަޤާމަށް އަނެއްކާ ވެސް ހަންގޭރީގެ އިސްޓަވާން އުރުބާނީ ހަމަޖައްސައިފިއެވެ. މިއީ ޤައުމީ ޓީމާއި އޭނާ ހަވާލުވާ ތިންވަނަ ފަހަރެވެ.

ޤައުމީ ޓީމު އުރުބާނީއާ ހަވާލުކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމީ، ހޯމަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގައެވެ.

އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި، އުރުބާނީ ޤައުމީ ޓީމާ ހަވާލު ވާނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ ޒިންމާއާ ވެސް އެކުގައެވެ. 

ރާއްޖޭގެ ޤައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ އުރްބާނީ އެންމެ ފުރަތަމަ ހަވާލުވެފައި ވަނީ 2009 ވަނަ އަހަރުއެވެ. އެ އަހަރު އުރުބާނީގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވާދަކޮށް، ދިވެހި ޓީމުން ވަނީ ރިހި މެޑަލް ހޯދާފައެވެ. އެ ފަހަރު ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅުނުއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު އެއްވަރު ވެގެނެވެ. ރާއްޖެއަށް އެ އަހަރު ތަށި ގެއްލުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އޭގެ ފަހުން 2012 ވަނަ އަހަރު، ސްރީލަންކާގައި އޮތް 23 އަހަރުންދަށުގެ އިންވިޓޭޝަނަލް މުބާރާތް ރާއްޖެއިން ކާމިޔާބުކުރީ ވެސް އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.

އުމުރުން 58 އަހަރުގެ އުރުބާނީއަކީ ޔޫއެފާ ޕްރޯ ކޯޗިން ލައިސަންސް ހާސިލްކޮށްފައިވާ ފަރާތެކެވެ. އެއީ ޔޫރަޕުގައި ކޯޗުންނަށްދޭ އެންމެ މަތީ ކޮލިފިކޭޝަންއެވެ.

އުރުބާނީ ވަނީ ހަންގޭރީގެ އިތުރުން އެމެރިކާގެ ބައެއް ކްލަބުތަކުގެ ކޯޗެއްގެ މަޤާމު ވެސް އަދާކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450