ކުޅިވަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ އަންހެން ޓީމު އިޢުލާންކޮށްފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ އަންހެން ޓީމު އިޢުލާންކޮށްފި

އަންހެން ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން / ފޮތޯ: ޕީއެސްއެމް

farudhun logo

ފަރުދުން

07 ޖެނުއަރީ 2026، 07:16

07 ޖެނުއަރީ 2026، 07:16

މި މަހު ތައިލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު އިޢުލާންކޮށްފިއެވެ.

މި މަހުގެ 13-27އަށް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ މި މުބާރާތައް ތައްޔާރުވުމަށް އަންހެން ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ އެފްއޭއެމް ވިމެންސް ލީގު ނިމުނު ފަހުން، މިދިޔަ މަހުގެ ފަހުކޮޅުއެވެ. އެހެންކަމުގައި އެ ޓީމުގައި ބޮޑަށް ހިމެނެނީ ވެސް ލީގުގައި ކުޅުނު ކުޅުންތެރިންނެވެ.

މުބާރާތަށް ދިއުމަށް އެކުލަވާލި ސްކޮޑުގައި ހިމެނޭ 14 ކުޅުންތެރިން:

  • ފާތިމަތު ސައުސަން (ގޯލްކީޕަރު)
  • ސާއިގާ ހުސެއިން (ގޯލްކީޕަރު)
  • ފާތިމަތު އަފްޒާ
  • ފާތިމަތު ޝާލިޔާ
  • މަރިޔަމް ރިފާ
  • ފާތިމަތު އިނާޝާ އާދަމް
  • ރާނިޔާ އިބްރާޙީމް
  • އައިމިނަތު ފަޒްލާ
  • ފާތިމަތު ސައިނާ
  • މަރިޔަމް ނޫރާ
  • ފާތިމަތު ފައިހާ އަލީ
  • އައިމިނަތު ފައިހާ އަލީ
  • އައިމިނަތު ޝާމިލާ
  • މަރިޔަމް ޝަފާ ބިންތު އަޙްމަދު އަލީ
  • ހައްވާ ހަނީފާ

އާތިފް މުޙައްމަދު (އާތީ)ގެ އިރުޝާދުގެ ދަށުން ޓީމު މުބާރާތަށް ތައްޔާރުވަމުން އަންނައިރު، މި ފަރިތަކުރުންތަކުގައި ފިރިހެން ފުޓްސަލް ޓީމުގެ ތަޖުރިބާކާރު ކޯޗު، ފާރޫކް ޒަކިރޯވްގެ އެހީތެރިކަން ވެސް ވަނީ ހޯދާފައެވެ.

ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، މުހައްމަދު އިހުސާން ސައީދު (ލިއުބީ) އެވެ. ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި އިބްރާހިމް އަހުމަދު ހަމަޖައްސާފައިވާއިރު، ޓީމުގެ މެނޭޖަރަކީ އައިމިނަތު ސިޔާނާއެވެ.

މުބާރާތުގައި ރާއްޖެއިން ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

މި މުބާރާތުގައި ވާދަކުރާ ފިރިހެން ޤައުމީ ފުޓްސަލް ޓީމު ވަނީ އިންޑޯ ދަނޑެއްގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިއުމުގެ ގޮތުން، ޗައިނާއަށް ފުރާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450