ކުޅިވަރު

ޔުނައިޓެޑުގެ ވަގުތީ ކޯޗެއްގެ ގޮތުން، އެފްއޭކަޕް މެޗުގައި އެ ޓީމަށް އިރުޝާދު ދޭނީ ފްލެޗާރ

ޔުނައިޓެޑުގެ ވަގުތީ ކޯޗެއްގެ ގޮތުން، އެފްއޭކަޕް މެޗުގައި އެ ޓީމަށް އިރުޝާދު ދޭނީ ފްލެޗާރ

ޑެރަން ފްލެޗަރ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައި / ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޖެނުއަރީ 2026، 07:59

08 ޖެނުއަރީ 2026، 07:59

މިއަންނަ އާދިއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑުން އެފްއޭކަޕްގައި ބްރައިޓަން އެންޑް ހޯލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގައި، ވަގުތީ ކޯޗެއްގެ ގޮތުން އެ ޓީމަށް އިރުޝާދު ދޭނީ، ކުރީގެ މިޑްފީލްޑަރ ޑެރަން ފްލެޗާރކަމަށް އޭނާ ޔަޤީންކޮށްދީފިއެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފްލެޗަރ ބުނެފައި ވަނީ، އެފްއޭކަޕް ތިންވަނަ ބުރުގައި ޔުނައިޓެޑު ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދު ދިނުމަށް އޭނާ ހަމަޖައްސާފައިވާކަމަށް ކްލަބުން ވަނީ އަންގާފައެވެ. ކްލަބުގެ ފަރާތުން މިކަން އޭނާއަށް އެންގީ ޗީފް އެގްޒެކެޓިވް އުމަރު ބެރާޑާ އާއި ކްލަބުގެ ޑިރެކްޓަރު ޖޭސަން ވިލްކޮކްސްކަމަށް ފްލެޗަރ ވަނީ ހާމަކޮށްފައެވެ.

ޔުނައިޓެޑުގެ ކޯޗެއްގެ މަޤާމުގައި 2024ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މަސައްކަތް ކުރަމުން ދިޔަ ރޫބިން އަމޮރިމް ވަޒީފާއިން ވަކިކުރިފަހުން އެ ޓީމުން ޕްރިމިއަރ ލީގުގައި ވުލްވަރ ހެމްޕްޓަން ވޮންޑާރސްއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 2-2އިން އެއްވަރުވެފައެވެ. މި މެޗަށްފަހު ކެމެރާތަކުން އުމަރު އަދި ވިލްކޮކްސް ދައްކާލިއިރު، ކްލަބުގެ ހާލަތާއި މެދު ކަންބޮޑުވެފައިވާ މިންވަރު ފެނިގެން ގޮސްފައިވާކަމަށް، މާހިރުން ބުނެއެވެ. 

ޔުނައިޓެޑުން ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުން ލީގުގެ ފަހު ހާފުގައި އޮތް 10 ޓީމާއެކު ކުޅެފައެވެ. ނަމަވެސް އެ ޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ދެ މެޗެވެ.

ސާރ އެލެކްސް ފާގަސަންގެ ދައުރުގައި ގިނަ ދުވަސްތަކެއް ވަންދެން ޔުނައިޓެޑުގެ މެދުތެރެއަށް ކުޅުނު ސްކޮޓްލޭންޑުގެ ފްލެޗާރ ހާމަކޮށްފައިވާ ގޮތުގައި، ޓީމުގެ ފަހަތް ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހެއެވެ. އަދި އޭނާގެ ވިސްނުމުގައި ހުރީ، އާންމުކޮށް އަމޮރިމް ބޭނުންކުރި 3-4-3 ފޯމޭޝަނުގައި ބަދަލުގައި 4 ޑިފެންޑަރުން ބޭނުންކޮށްގެން ކުޅޭށެވެ. ސަބަބަކީ ޔުނައިޓެޑުގެ ކޮޅަށް މާ ފަސޭހަކޮށް ގޯލު ވަނުމެވެ. ލީގުގައި މިހާތަނަށް ގިނަ މެޗުތަކެއް ކުޅުނުއިރު، ބައިކޮޅަށް ގޯލެއް ވައްދާނުލައި އެ ޓީމަށް ހަމަޖައްސާލެވުނީ އެންމެ ދެ މެޗުގައެވެ.

ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުގެ 21:30 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450