ކުޅިވަރު

ސްޕެނިޝް ސުޕަރ ކަޕް ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ނިކުންނާނީ ރެއާލް

ސްޕެނިޝް ސުޕަރ ކަޕް ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ނިކުންނާނީ ރެއާލް

ވަލްވާރޑޭ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ޖެނުއަރީ 2026، 07:25

09 ޖެނުއަރީ 2026، 07:25

ސްޕެނިޝް ސުޕަރ ކަޕް ފައިނަލުގެ ދެވަނަ ޖާގަ، އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ސައުދީ ޢަރަބިއްޔާގެ ޖިިއްދާގެ ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލުން ރެއާލް ޖާގަ ހޯދީ 2-1އިން އެތުލެޓިކޯ ބަލިކުރުމަށްފަހުއެވެ.

މި މުބާރާތުގެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދީ ބުދަ ދުވަހު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި 5-0އިން އެތުލެޓިކޯ ބަލިކުރުމަށްފަހުއެވެ.

ސެމީގެ ދެވަނަ މެޗުގެ ދެވަނަ މިނިޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފެޑެރިކޯ ވަލްވާރޑޭއެވެ. އަދި 55 ވަނަ މިނިޓުގައި ރޮޑްރިގޯ ލީޑު ފުޅާކޮށްދިންއިރު، އޭގެ ތިން މިނިޓު ފަހުން އެތުލެޓިކޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައި ވަނީ އެލެކްޒެންޑާ ސޯލޮތެވެ.

މި މުބާރާތުގެ ފައިނަލުގައި ފާއިތުވި ތިން އަހަރު ވެސް ވާދަކުރީ ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ. މިދިޔަ އަހަރު މުބާރާތް ބާސެލޯނާ ކާމިޔާބުކުރިއިރު، 2024ގެ ތަށި ކާމިޔާބުކުރީ ރެއާލްއެވެ. އަދި 2023ގެ މުބާރާތް ކާމިޔާބުކުރީ ބާސެލޯނާއެވެ. 

މިފަހަރުގެ ފައިނަލް ކުޅޭނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން މެންދަމު 12:00ގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450