Ads by Stelco

ޚަބަރު

އޮޕަރޭޝަން އަލިމަގުގެ ދަށުން 10 ތަނެއް ބަލައި ފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަން އަލިމަގުގެ ދަށުން 10 ތަނެއް ބަލައި ފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަންް އަލިމަގުުގެ ދަށުން ތަނެއް ބަލައި ފާސްކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖެނުއަރީ 2026، 04:05

11 ޖެނުއަރީ 2026، 04:05

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން، "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިއަދު މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް، 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން މިއަދު ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގެ އިތުރުން ގއ. އަތޮޅުގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު ފެށި މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވައި ޤާނޫނީ ފިޔަވަޅު އެޅުމެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްގެ އަމަލީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ މި މަސައްކަތް ފުލުހުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާއިރު، މިހާތަނަށް ޖުމްލަ 100 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450