Ads by Stelco

ޚަބަރު

ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަންނަން ފަށައިފި

ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަންނަން ފަށައިފި

ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަންނަން ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖެނުއަރީ 2026، 05:29

11 ޖެނުއަރީ 2026، 05:29

ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަތުމުގެ މަސައްކަތް މިފްކޯއިން ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.

މި މަސައްކަތް ފެށުމާ ގުޅިގެން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވަނީ ކަނޑުއޮތްގިރިއަށް ޒިޔާރަތްކުރައްވައި، މަސް ގަތުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ދާއިރާއެއް ކަމަށެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިފްކޯއަށް ބޮޑު ކަންނެލި ނުކިރުން ކަމަށާއި، ނަމަވެސް މިހާރު އެކަމަށް ހައްލެއް ލިބިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިއްޔެ ރަސްމީކޮށް މިފްކޯއަށް ބޮޑު ކަންނެލި ކިލޯއެއް 25ރ. ގެ މަގުން ގަންނަން މި ފެށުނީ، މިއީ ވަރަށް ބޮޑު ފެށުމެއް،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، މަސްވެރިންގެ އަތުން މަސް ގަންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން 15 ކިލޯއަށްވުރެ ބަރު ބޮޑުކަންނެލި ކިލޯއެއް 25 ރުފިޔާގެ ރޭޓުން ކަނޑުއޮތްގިރިންނާއި އެ ސަރަހައްދުން ގަންނަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑު ކަންނެލީގެ އިތުރުން، ކަނޑުއޮތްގިރިން މިހާރު ކަޅުބިލަމަސް ވެސް ގަންނަމުންދާނެ ކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ. މިއީ މަސްވެރިންނަށް އެމީހުން ބާނާ މަސް ފަސޭހަކަމާއެކު ކިރުވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450