Ads by Stelco

ޚަބަރު

ހަފްތާ ބަންދުގައި ކުށުގެ ޢަމަލުތައް ހިންގާ ތަންތަން 400 ފަހަރަށް ބަލާ ފާސްކުރި: ފުލުހުން

ހަފްތާ ބަންދުގައި ކުށުގެ ޢަމަލުތައް ހިންގާ ތަންތަން 400 ފަހަރަށް ބަލާ ފާސްކުރި: ފުލުހުން

ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖެނުއަރީ 2026، 10:49

12 ޖެނުއަރީ 2026، 10:49

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ހަފްތާ ބަންދުގައި މާލޭގެ އެކި ސަރަޙައްދުތައް 470 އަށްވުރެ ގިނަ ފަހަރު ބަލާފާސްކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މި ހަރަކާތަކީ މާލޭގައި ކުށްކުރުން ގިނަ ސަރަހައްދުތައް ނުވަތަ 'ހޮޓްސްޕޮޓްސް' ތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި، ކުށްތައް ގިނައިން ހިނގާކަމަށް ފާހަގަކުރެވޭ ސަރަހައްދުތައް ޖުމްލަ 473 ފަހަރު ބަލާފާސްކޮށްފައިވެއެވެ. އަދި މި މަސައްކަތުގެ ތެރެއިން ޝައްކުކުރެވޭ 77 މީހަކާ ސުވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިދިޔަ ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި އެއްގަމު އުޅަނދުތައް ބަލާފާސްކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. އެގޮތުން 8 އުޅަނދެއް ބަލާ ފާސްކޮށް، ގަވާއިދާ ޚިލާފުވި 7 އުޅަނދެއް ވަނީ ޓޯވކޮށްފައެވެ. މީގެ އިތުރުން، ފައިމަގުގައި ރަށުތެރެ ބެލެހެއްޓުމުގެ ގޮތުން 8 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އާ އަހަރާ އަދި ހަފްތާ ބަންދާ ދިމާކޮށް ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ އާއްމު ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމާއެކު މަގުތަކުގައި އުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި މަސައްކަތުގެ ސަބަބުން މަގުތަކުގައި ފުލުހުންގެ ހަރަކާތްތެރިކަން އިތުރުވެ، އާންމުންނަށް ލިބޭ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް ފުލުހުން ދަނީ މިފަދަ ރައްކާތެރިކަމުގެ ހަރަކާތްތައް ހިންގަމުންނެވެ. މީގެ ތެރޭގައި އާންމު ރައްޔިތުންނަށް ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިމެނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450