Ads by Stelco

ޚަބަރު

ވަގުތީ ގޮތުން ސްޓެލްކޯ ހިންގުން އަޒްވަރަށް

ވަގުތީ ގޮތުން ސްޓެލްކޯ ހިންގުން އަޒްވަރަށް

ޑރ އަޒްވަރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖެނުއަރީ 2026، 11:30

12 ޖެނުއަރީ 2026، 11:30

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު އެ މަގާމުން ވަކިކުރުމާ ގުޅިގެން، ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލުކޮށްފިއެވެ.

ޝަމާހު މަގާމުން ވަކިކުރުމާ އެކު، ސްޓެލްކޯގެ އިސް މަގާމުތަކަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުންނެވި އަޒުހަދު ރަމީޒު ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ޕްރޮކިއުމަންޓްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިންއާއެވެ.

ޝަމާހު މަގާމުން ވަކިކޮށްފައި މިވަނީ، އޭނާގެ އަޑު ކަމަށް ބެލެވޭ މީހަކު ސްޓެލްކޯ މެދުވެރުކޮށް ނާޖައިޒު ފައިދާ ނަގާ ކަމަށް ބުނެ ވާހަކަ ދައްކާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ. އެ އޯޑިއޯގައި މަގާމުން ވަކިކުރި އަޒުހަދުގެ ވާހަކަ ވެސް ވަނީ ދައްކާފައެވެ. ޝަމާހު ކަމަށް ތުހުމަތުކުރާ އެ މީހާ ބުނެފައިވާ ގޮތުގައި، ސްޓެލްކޯއިން އޭނާ ކުރާ ކަންތައްތައް އެނގޭނީ އަޒުހަދާއި ސާއިދު ކަމަށްވާ ދެ މީހުންނަށެވެ.

މި ސަރުކާރުގައި ޝަމާހު އެންމެ ފުރަތަމަ އައްޔަން ކުރީ މިފްކޯގެ ސީއީއޯގެ މަގާމަށެވެ. ނަމަވެސް، އެ ކުންފުނީގެ ތެރެއިން ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތުތަކެއް ކުރެވި، އެއް މަސް ދުވަހު ސަސްޕެންޑް ކުރުމަށްފަހު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައުމުގެ ކުރިން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

މި ސަރުކާރުގެ ފުރަތަމަ ސްޓެލްކޯ އެމްޑީގެ މަގާމު ފުރުއްވި ފަހުމީ މިހާރު ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450