Ads by Stelco

ޚަބަރު

ފުލުހުން ހިންގި 'އޮޕަރޭޝަން އަލިމަގު' ގައި ގއ. އަތޮޅުން ހަތަރު މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި 'އޮޕަރޭޝަން އަލިމަގު' ގައި ގއ. އަތޮޅުން ހަތަރު މީހަކު ހައްޔަރުކޮށްފި

"އޮޕަރޭޝަން އަލިމަގު" ގައި ހައްޔަރުކުރި މީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖެނުއަރީ 2026، 01:23

12 ޖެނުއަރީ 2026، 01:23

ފުލުހުން މާލެ އާއި ގއ. އަތޮޅުގައި ކުރިއަށްގެންދިޔަ 'އޮޕަރޭޝަން އަލިމަގު' ގެ ދަށުން ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދާމެދު ކޯޓުން ގޮތް ނިންމައިފިއެވެ.

މި އޮޕަރޭޝަނަކީ ކުށްކުރުން ހުއްޓުވުމަށް ފުލުހުން ހިންގަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. އެއީ ޝެވޯނާ، ޝައްފާޙް ލަޠީފް (28އ) އާއި، މިޔުޒިކީއާގެ، އަޙްމަދު މަދީޙު (33އ) އާއި، އައިޒަން، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ، ނޫރުއްނިޡާމް (35އ) އެވެ.

ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ތިން މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ޝައްފާޙް ލަޠީފާއި، އަޙްމަދު މަދީޙު އަދި އަޙްމަދު އަނާމް އިބްރާހީމްގެ މައްޗަށެވެ. މީގެ އިތުރުން، ނޫރުއްނިޡާމް ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.

މި ހަތަރު މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެމީހުން ހައްޔަރުކުރި ސީދާ ސަބަބާއި، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450