Ads by Stelco

ޚަބަރު

އަންނަ ރަމަޟާން މަހަށް ޚާއްސަކޮށް 15 މިސްކިތެއްގެ މަސައްކަތް ނިންމަނީ

އަންނަ ރަމަޟާން މަހަށް ޚާއްސަކޮށް 15 މިސްކިތެއްގެ މަސައްކަތް ނިންމަނީ

އައްޑޫގައި ބިނާކޮށް ހުޅުވި އައު މިސްކިތެއް. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖެނުއަރީ 2026، 02:20

12 ޖެނުއަރީ 2026، 02:20

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޅިން އަލަށް ބިނާކުރާ 15 މިސްކިތެއްގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިސްލާމީ ކަންކަމާ ބެހޭ ވުޒާރާގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް ހަ މިސްކިތެއްގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ. އަދި ބާކީ ހުރި ނުވަ މިސްކިތުގެ މަސައްކަތް ރޯދަ މަސް ފެށުމުގެ ކުރިން ނިންމުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިހާތަނަށް މަސައްކަތް ނިމިފައިވާ މިސްކިތްތައް
މިހާރު މަސައްކަތް ނިމި ހުޅުވާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ހދ. ދިއްދޫ، ށ. ފޯކައިދޫ، ނ. މަނަދޫ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތް އަދި އައްޑޫ ސިޓީ މަރަދޫ މިސްކިތެވެ.

ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށެވެ.

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަގްސަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން" ކަމަށެވެ.

މި މަޝްރޫއުތައް ނިމުމުން ރަމަޟާން މަހު ޖަމާއަތުގައި ނަމާދުކުރުމަށް އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450