ވިޔަފާރި

އީ-ޓުކުރި: ދިވެހި އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ތައާރަފުކުރުމަށް ހުޅުވުނު ރަން ފުރުސަތެއް

އީ-ޓުކުރި: ދިވެހި އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ތައާރަފުކުރުމަށް ހުޅުވުނު ރަން ފުރުސަތެއް

އީޓުކުރި ފޮޓޯ:

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖެނުއަރީ 2026، 01:47

25 ޖެނުއަރީ 2026، 01:47

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހިންގާ "އީ-ޓުކުރި" ޕްލެޓްފޯމަކީ ދިވެހި އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް ފޯރުކޮށްދިނުމަށް ފަހިކޮށްދީފައިވާ މުހިންމު އީ-ކޮމާރސް ވަސީލަތެކެވެ. މި ޚިދުމަތުގެ އެހީގައި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމުގެ މަގު މިވަނީ ވަރަށް ބޮޑަށް ހުޅުވިފައެވެ.

އީ-ޓުކުރި ލޯކަލްގެ ސަބަބުން، އަމިއްލަ ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ދަތުރުފަތުރުގެ އެއްވެސް އުނދަގުލަކާ ނުލައި، އެ ފަރާތްތަކުގެ އުފެއްދުންތައް މުޅި ރާއްޖެއާއި ދުނިޔޭގެ ބޮޑު މާކެޓަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ރާއްޖޭގެ މަސައްކަތްތެރިކަން ކުރިއެރުވުމަށާއި، ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ ފެންވަރުގައި ތައާރަފުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

މި ޚިދުމަތުގެ ދަށުން، ރާއްޖޭގެ އެތެރޭގައި ވިއްކާ ތަކެތި ސީދާ ކަސްޓަމަރުންގެ ދޮރާ ހަމައަށް ފޯރުކޮށްދިނުމުގެ އިންތިޒާމު މޯލްޑިވްސް ޕޯސްޓުން ވަނީ ހަމަޖައްސާފައެވެ. މިއީ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ކަސްޓަމަރުންނަށާއި ވިޔަފާރިވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މުޅި ރާއްޖެއަށް ފެތުރިފައިވާ މޯލްޑިވްސް ޕޯސްޓުގެ ވަރުގަދަ ނެޓްވޯކްގެ އެހީގައި، އީ-ޓުކުރި މެދުވެރިކޮށް ގަންނަ ތަކެތި ރައްކާތެރިކަމާއެކު މަންޒިލަށް ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ޕޯސްޓުން އަބަދުވެސް ދެއެވެ.

އީ-ޓުކުރީގެ ސަބަބުން ދިވެހި އުފެއްދުންތައް ރާއްޖޭގެ ގޭބިސީތަކުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މިއީ އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރާ ދިވެހި އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450