Ads by Stelco

ޚަބަރު

އަންގާރަ ދުވަހު ގަލޮޅު ސިޓީ ޕާކު ހުޅުވަނީ

އަންގާރަ ދުވަހު ގަލޮޅު ސިޓީ ޕާކު ހުޅުވަނީ

ގަލޮޅު ސިޓީ ޕާކު. ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖެނުއަރީ 2026، 04:37

12 ޖެނުއަރީ 2026، 04:37

މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި 'ގަލޮޅު ސިޓީ ޕާކް' ފެށޭ ހަފްތާގެ އަންގާރަ ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މި ޕާކަކީ ގަލޮޅު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ތަރައްގީކުރެވުނު ތަނެކެވެ.

ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު، އެ ސަރަހައްދުގެ ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި އެއް ކަމެވެ. އެގޮތުން ރައްޔިތުންގެ މަޝްވަރާއާ އެކު ޕާކުގެ ކުރެހުންތައް އެކުލަވާލައި، ޕާކު ތަރައްގީކުރަން ކައުންސިލުން ނިންމީ ގަލޮޅު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައެވެ.

މި ޕާކު ތަރައްގީކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ (އެކްސެސިބަލް) ގޮތަކަށެވެ. ޕާކު އަލުން ތަރައްގީކުރުމަށްޓަކައި 2022 ވަނަ އަހަރު ބަންދުކުރި ނަމަވެސް، އަމަލީ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްގެންގޮސްފައިވަނީ މިދިޔަ އޭޕްރީލް މަހު ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މަސައްކަތް ހަވާލުކުރި ހިސާބުންނެވެ.

އަލަށް ހުޅުވާ ގަލޮޅު ޕާކުގައި ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފައެވެ. އޭގެ ތެރޭގައި ޒަމާނީ އައުޓްޑޯ ޖިމަކާއި، ކުޑަކުދިންނަށް ހާއްސަ ސްލައިޑްތަކާއި އުނދޯލިތައް ހިމެނެއެވެ. މީގެ އިތުރުން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތްރީ-އޮން-ތްރީ ބާސްކެޓް ކޯޓަކާއި ބެޑްމިންޓަން ކޯޓެއް ވެސް މި ޕާކުގައި ވަނީ ގާއިމްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ޕާކު ހުޅުވުމާއެކު ގަލޮޅު ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450