Ads by Stelco

ޚަބަރު

ކުޅިވަރު އެސޯސިއޭޝަނެއްގެ ތަމްރީނުވެރިއަކަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ކުޅިވަރު އެސޯސިއޭޝަނެއްގެ ތަމްރީނުވެރިއަކަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ދިވެހި ފުލުހުންގެ ޙިދުމަތް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖެނުއަރީ 2026، 08:52

12 ޖެނުއަރީ 2026، 08:52

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމްރީނު ކުރުމުގެ ޒިންމާ އުފުލާ އިސް ފަރާތަކަށް ކުރެވޭ ޖިންސީ ކުށުގެ ތުހުމަތުތަކެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ މި ފަރާތުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މި ތުހުމަތުތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. މި މައްސަލައަކީ އެތުލީޓުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށްވާތީ، ފުލުހުން ދަނީ މިކަމުގައި ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450