Ads by Stelco

ޚަބަރު

ރާއްޖޭގައި އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

ރާއްޖޭގައި އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

ރާއްޖޭގައި އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް މަޝްވަރާކުރުން. ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖެނުއަރީ 2026، 10:42

13 ޖެނުއަރީ 2026، 10:42

ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) އާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

އަބޫދާބީގައި ބޭއްވި މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމެވެ. އައިރީނާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ އެޖެންސީގެ ޑައިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ހަކަތައިގެ ދާއިރާއިން މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ އާ ދާއިރާތައް ދެނެގަނެ، އެކަމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެއިތުރުން، ތިމާވެށި ޙިމާޔަތް ކުރުމާއި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ރާއްޖެއާއި އައިރީނާއިން އެންމެ އިސްކަންދޭ ކަންކަމަށް އަލިއަޅުވާލާފައިވެއެވެ. މިގޮތުން ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދެވިދާނެ ޖޮއިންޓް ޕްރޮގްރާމްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި މުޖުތަމައެއް ބިނާކުރުމަށް މި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450