Ads by Stelco

ޚަބަރު

ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް ތިން ބިދޭސީން އަތުލައިގެންފި

ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް ތިން ބިދޭސީން އަތުލައިގެންފި

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖެނުއަރީ 2026، 11:55

13 ޖެނުއަރީ 2026، 11:55

މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، މާލޭގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، އިއްޔެ ކުރިއަށްގެންދިޔަ މި ރެއިޑް އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ މާލޭގެ ގުލާބީ މަގުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެކެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ޓާސްކްފޯސްއިން ހިންގި ހަރަކާތެކެވެ.

މީގެ އިތުރުން، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން އިއްޔެ ވަނީ މާލޭގައި ބިދޭސީން ވިޔަފާރިކުރާ ހަތަރު ތަނެއް ވެސް ބަލައި ފާސްކޮށްފައެވެ. އެ ތަންތަނުން ވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އިމިގްރޭޝަނުން ބުނީ މި އަހަރުގެ ތެރޭގައި ހިންގި މިފަދަ ގިނަ ރެއިޑް އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ފުލުހުން ވެސް ދަނީ ދަންވަރުގެ ވަގުތުތަކުގައި ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. ހަމައެއާއެކު، މާލޭގެ އާންމު ތަންތަނުގައި ބިދޭސީންގެ ހަރަކާތްތައް މޮނިޓަރުކުރުމަށް އިމިގްރޭޝަން އޮފިސަރުން މިހާރު ދަނީ އޮބްޒާވޭޝަން މަސައްކަތްތައް ވެސް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450