Ads by Stelco

ޚަބަރު

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް އަވަހާރަވެއްޖެ

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް އަވަހާރަވެއްޖެ

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖެނުއަރީ 2026، 01:45

13 ޖެނުއަރީ 2026، 01:45

ދިވެހިރާއްޖޭގެ މަދަނީ އުދުހުންތަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ޝަޚްޞިއްޔަތެއް ކަމަށްވާ، ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވެއްޖެއެވެ. ނަޢީމް އަވަހާރަވީ އުމުރުފުޅުން 74 އަހަރުގައެވެ.

ނަޢީމް އަވަހާރަވުމާ ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ  ހިތާމަ ފާޅުކުރައްވާފައެވެ. ވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެވިއޭޝަން ސިނާޢަތަށް ނަޢީމް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކުގެ ހަނދާން ދިވެހި ތާރީޚުގެ ސަފްޙާތަކުގައި ތާއަބަދު ފެންނަން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ތަޢުޒިޔާގެ މެސެޖެއްގައި ބުނެފައިވަނީ، ނަޢީމްގެ ވަކިވެދިޔުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ނަޢީމްގެ ހަނދާންތައް އެ ސިނާޢަތުން އަބަދުވެސް އައުކުރާނީ ނުހަނު ޝުކުރުވެރިކަމާ އެކުގައި ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.



މުޙައްމަދު ނަޢީމަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީންކޮށް، ޚިދުމަތަށް ނުކުންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވުމުގެ ޝަރަފު ހޯއްދަވާފައިވާ ނަޢީމަކީ، ދިވެހި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚާއްޞަކޮށް ރާއްޖޭގެ އެވިއޭޝަން ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އޭނާ ކުރެއްވި މަސައްކަތްޕުޅުތަކަކީ މިއަދުގެ ޒަމާނީ އުދުހުންތަކުގެ ބިންގާ އެޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި މަސައްކަތްތަކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450