Ads by Stelco

ޚަބަރު

މަޖިލިސް ރައީސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

މަޖިލިސް ރައީސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

މަޖިލިސް ރައީސް އިންޑިއާ އަށް ފުރާވަޑައިގަތުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖެނުއަރީ 2026، 04:54

13 ޖެނުއަރީ 2026، 04:54

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގެންނެވީ، ކޮމަންވެލްތުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މި މަހުގެ 13 އިން 18 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކުގެ އިތުރުން، ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ހިމެނިވަޑައިގަންނަވައެވެ.

މި ކޮންފަރެންސަކީ ކޮމަންވެލްތުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، މަޖިލިސްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450