Ads by Stelco

ޚަބަރު

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ފޮޓޯ: ޚާރިޖީ ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖެނުއަރީ 2026، 07:24

13 ޖެނުއަރީ 2026، 07:24

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގައި މިހާރު ކުރިއަށްދާ "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މުހިންމު ހަރަކާތުގައި ރާއްޖެއިން ބައިވެރިވުމަކީ ތިމާވެށީގެ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން ދޭ ހާއްސަ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ފަރާތްތަކަށް އަގުވަޒަން ކުރުމުގެ ގޮތުން ދޭ "ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑްސް" ދީފައެވެ. މި އަހަރުގެ އެވޯޑްގައި ރާއްޖެއަށް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެގޮތުން ގްލޯބަލް ހައި ސްކޫލް ކެޓަގަރީގެ ސައުތު އޭޝިއާ ސަރަހައްދުން މި ޝަރަފުވެރި އެވޯޑް ކާމިޔާބުކުރީ ފާފު އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މިއީ އެ ސްކޫލުގެ ދަރިވަރުން އިސްނަގައިގެން ދެމެހެއްޓެނިވި ތަރައްގީއަށް ކުރި މަސައްކަތްތަކަށް ލިބުނު ބައިނަލްއަގުވާމީ ކުރިއެރުމެއްކަން ޚާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ.



މި ކާމިޔާބީއާ ގުޅިގެން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ، ރާއްޖޭގެ ސްކޫލަކުން މިފަދަ ބޮޑު އެވޯޑެއް ހާސިލްކުރި މަންޒަރު ފެނުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

މި ކާމިޔާބީން ދޭހަކޮށްދެނީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ކުރާ މަސައްކަތާއި، ފެހި އަދި ތަހައްމަލު ކުރެވޭ މުސްތަގުބަލެއް ބިނާކުރުމުގައި ޒުވާނުންގެ އީޖާދީ މަސައްކަތްތަކުގެ މުހިންމުކަން، ވަޒީރު 

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އަބޫދާބީއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި އެސިސްޓަންޓް ޑައިރެކްޓަރު ފާތިމަތު ރީނާ ބައިވެރިވެވަޑައިގަންނަވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450