ޚަބަރު
އައިޖީއެމްއެޗްގައި ފަރުވާހޯދަމުންދާ ކުޑަކުއްޖަކަށް ބޭނުންވާ އޭބީ ޕޮޒިޓިވްލޭ ހަދިޔާކުރާނެ ފަރާތެއް ހޯދަނީ
އައިޖީއެމްއެޗްގައި ފަރުވާހޯދަމުންދާ ކުޑަކުއްޖަކަށް ބޭނުންވާ އޭބީ ޕޮޒިޓިވްލޭ ހަދިޔާކުރާނެ ފަރާތެއް ހޯދަނީ
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯދަމުންދާ ކުޑަކުއްޖަކަށް ބޭނުންވާ އޭބީ ޕޮޒިޓިވް (AB Positive) ލޭ ހަދިޔާކޮށްދޭނެ ފަރާތްތަކެއް ބޭނުންވެއްޖެއެވެ.
ލޭ ބޭނުންވެގެން އިއުލާން ކޮށްފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދާ އަލާފް ބިން އިސްމާއިލް ޒަކީ (PW-18) އަށެވެ. ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް، ވީ އެންމެ އަވަހަކަށް ލޭ ހޯދުމަކީ މުހިންމު ކަމެއް ކަމަށް މެޑިކަލް ޓީމުން ވަނީ ލަފާދީފައެވެ.
މިހާތަނަށް ކުރި މަސައްކަތުން އެކަށީގެންވާ ލޭ ހަދިޔާކުރާނެ ފަރާތެއް ފެނިފައި ނުވާއިރު، މިވަގުތަށް އޭބީ ޕޮޒިޓިވް ގްރޫޕުގެ 2 ޑޯނަރުން ބޭނުންވެއެވެ.
ވީމާ، އޭބީ ޕޮޒިޓިވް ލޭ ހުރި ފަރާތްތަކުން ނުވަތަ ލޭ ހަދިޔާކުރެވިދާނެ ފަރާތެއްގެ މައުލޫމާތު އެނގޭ ފަރާތްތަކުން ލަސްނުކުރައްވައި 7605116 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
މިއީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތަކަށް ވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް މި މައުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުމަށް އާއިލާއިން އިލްތިމާސްކުރެއެވެ.
