Ads by Stelco

ޚަބަރު

މިދިޔަ މަހު އަރިދަފުސް ރޯގާގެ 28,619 ކޭސް ރިޕޯޓުކޮށްފި

މިދިޔަ މަހު އަރިދަފުސް ރޯގާގެ 28,619 ކޭސް ރިޕޯޓުކޮށްފި

އައިޖީއެމް ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖެނުއަރީ 2026، 12:52

14 ޖެނުއަރީ 2026، 12:52

ނިމިދިޔަ ޑިސެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 28,619 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ޞިއްޙީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ނޮވެމްބަރު މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ޞިއްޙީ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު މަހު 413 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. ނޮވެމްބަރު މަހު ޑެންގީ ޖެހިގެން ރިޕޯޓުކުރީ 382 މީހުން ކަމަށްވުމާއެކު، މިދިޔަ މަހު މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، ޑިސެމްބަރު މަހު 152 މީހަކު މި ބައްޔަށް ފައްސިވެފައިވެއެވެ. މިއީ ނޮވެމްބަރު މަހު ފައްސިވި 121 މީހުންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް ޖުމްލަ 4,407 މީހަކު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 1,270 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.

އަރިދަފުސް ރޯގާގެ ވޭދަނަތަކަށް ބަލާއިރު، ނޮވެމްބަރު މަހު ރިޕޯޓުކުރި 32,859 ކޭސްއާ އަޅާބަލާއިރު ޑިސެމްބަރު މަހު މި އަދަދު ވަނީ 28,619 އަށް ދަށްވެފައެވެ. އަދި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރުވެސް މިއަހަރުގެ މިހާތަނަށް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ދަށްވެފައިވާކަން ވުޒާރާއިން ފާހަގަކުރެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލިމަޑުކަންވެސް މިދިޔަ މަހު ވަނީ ދަށްވެފައެވެ. އެގޮތުން ނޮވެމްބަރު މަހު 4,102 މީހަކު މި ބަލީގައި ޑޮކްޓަރަށް ދައްކާފައިވާއިރު، ޑިސެމްބަރު މަހު މި އަދަދު ވަނީ 2,931 އަށް ތިރިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450