Ads by Stelco

ޚަބަރު

ފާއިތުވި ނުވަ އަހަރު އައިބުތަކާއެކު 279 ކުއްޖަކު އައިޖީއެމްއެޗް ގައި އުފަންވެފައިވޭ

ފާއިތުވި ނުވަ އަހަރު އައިބުތަކާއެކު 279 ކުއްޖަކު އައިޖީއެމްއެޗް ގައި އުފަންވެފައިވޭ

އައިޖީއެމް ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖެނުއަރީ 2026، 12:56

14 ޖެނުއަރީ 2026، 12:56

މިދިޔަ ނުވަ އަހަރުގެ ތެރޭގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައި ވިހޭ ކުދިންގެ ތެރެއިން 729 ކުއްޖެއްގެ ހަށިގަނޑުގައި އެކި ކަހަލަ އައިބުތައް ހުރި ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ހަދާފައިވާ ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާ އާންމުކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗުގައެވެ.

ދިރާސާގެ ތަފްސީލު
އައިޖީއެމްއެޗްގައި 2016 އިން 2024 އަށް ވިހެއި ކުދިންގެ މައުލޫމާތަށް ބިނާކޮށް މި ދިރާސާ ތައްޔާރުކުރެއްވީ އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ބަލިތަކުގެ ހަތަރު ޑޮކްޓަރުން ކަމަށްވާ ޑރ. އަހުމަދު ފައިސަލް، ޑރ. ހަމްސާ އާރިފް ރަޝީދު، ޑރ. މިހުނަތު މުސްތަފާ އަދި ޑރ. ނިޔާޝާ އިބްރާހިމް އެވެ. ދިރާސާގައި ބުނެފައިވާ ގޮތުން މި މުއްދަތުގައި އެ ހޮސްޕިޓަލުގައި ޖުމްލަ 17,188 ކުދިން ވިއްސާފައިވާއިރު، އޭގެ ތެރެއިން 729 ކުއްޖެއްގެ ކިބައިން ޖުމްލަ 1,215 އައިބު ފާހަގަކުރެވިފައިވެއެވެ.

މި ކުދިންގެ ތެރެއިން 313 ކުދިންނަކީ އަންހެން ކުދިން ކަމަށާއި، 16 ކުދިންނަކީ އެއްމާބަނޑު ކުދިން ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އަދި އައިބު ހުރި ކުދިންގެ ތެރެއިން 312 ކުއްޖަކީ ދުވަސް ނުފުރާ ވިހެއި ކުދިންނެވެ.

ދިރާސާއިން ދައްކާ ގޮތުގައި އައިބު ހުރި ކުދިން ލިބުނު 710 މައިންގެ ތެރެއިން 107 އަންހެނުންނަކީ މާބަނޑު ދުވަސްވަރު ހަކުރު ބަލި ނުވަތަ ގެސްޓޭޝަނަލް ޑައެބެޓީސް ހުރި މީހުންނެވެ. މި މައިން ދުވަސް ނުފުރާ އަދި އައިބު ހުރި ކުދިން ވިހާފައިވަނީ އެވްރެޖުކޮށް ބަނޑަށް 37.5 ހަފުތާގައެވެ.

މީގެ އިތުރުން، ދުވަސް ނުފުރާ ވިހެއި ކުދިންގެ ތެރެއިން 24 ކުއްޖެއްގެ ލޭގައި ގްލޫކޯޒް ދަށްވުމުގެ މައްސަލަ ދިމާވިއިރު، 21 ކުއްޖެއްގެ ހަށިގަނޑުގެ ފިނިހޫނުމިން ނުރައްކާތެރި މިންވަރަކަށް ދަށްވިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ހިތާމަވެރިކަމާއެކު ފާހަގަކޮށްފައިވާ ގޮތުގައި، ދުވަސް ނުފުރާ ވިހެއި ކުދިންގެ ތެރެއިން 27 ކުއްޖަކު ވަނީ ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން މަރުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450