Ads by Stelco

ޚަބަރު

މަންފާއާ އެޗްޑީސީ ގުޅިގެން ހައިވޭގައި ދަތުރުދުޢާ ބޯޑެއް ބަހައްޓައިފި

މަންފާއާ އެޗްޑީސީ ގުޅިގެން ހައިވޭގައި ދަތުރުދުޢާ ބޯޑެއް ބަހައްޓައިފި

ހައިވޭގައި ދަތުރުދުޢާ ބޯޑު ހަރުކުން. ފޮޓޯ: މަންފާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖެނުއަރީ 2026، 01:11

14 ޖެނުއަރީ 2026، 01:11

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ މަންފާ ޖަމިއްޔާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ދަތުރުދުޢާ ލިޔެފައިވާ ބޯޑެއް ބަހައްޓައިފިއެވެ.

 މި ބޯޑު ބަހައްޓާފައިވަނީ ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭއަށް އަރާ ހިސާބުގައެވެ.

މަންފާގެ ޖެނެރަލް ސެކެޓްރީ އަލީ މުޢީން މީޑިއާ އަށް ވިދާޅުވީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިތުރު ބޯޑްތައް ބެހެއްޓުމަށް ރާވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ޖަމިއްޔާގެ އަމާޒަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި މިފަދަ ދީނީ މެސެޖުތައް ހިމެނޭ ބޯޑްތައް ބެހެއްޓުން ކަމަށްވެސް މުޢީން ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450