Ads by Stelco

ޚަބަރު

ހާހަކާ ގާތްކުރާ މީހުންނާއެކު މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް ރާއްޖެ އަތުވެއްޖެ

ހާހަކާ ގާތްކުރާ މީހުންނާއެކު މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް ރާއްޖެ އަތުވެއްޖެ

މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް، "އެމްއެސް ކްރިސްޓަލް ސިފަނީ" ފޮޓޯ: އިމިގްރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖެނުއަރީ 2026، 06:14

14 ޖެނުއަރީ 2026، 06:14

މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް، "އެމްއެސް ކްރިސްޓަލް ސިފަނީ" ހޯމަ ދުވަހު ރާއްޖެއަށް ބަނދަރުކޮށްފިއެވެ. ސީޝެލްސް އިން ފުރައިގެން ރާއްޖެ އައި މި ބިޔަ އުޅަނދުން ޖުމްލަ 970 މީހުން ރާއްޖެ އައިސްފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކްރޫޒް ޝިޕުން 479 ފަތުރުވެރިންނާއި 491 ފަޅުވެރިން ރާއްޖެ އައިސްފައިވެއެވެ. މި އުޅަނދުން އައި ހުރިހާ ފަރާތްތަކަށް އިމިގްރޭޝަނުން މިހާރު ވަނީ ކްލިއަރެންސް ދީފައެވެ. މިއީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް މަރުހަބާ ކީ ފުރަތަމަ ކްރޫޒް ޝިޕެވެ.



ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު ނުވަތަ "ޕީކް ސީޒަން" އާ ދިމާކޮށް، ކްރޫޒް ޝިޕްތަކުގައާއި އެނޫންވެސް ވަސީލަތްތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 93،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ކްރޫޒް ޝިޕްތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. މިއަހަރުގެ ތެރޭގައި އިތުރު ކްރޫޒް ޝިޕްތައް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450