Ads by Stelco

ޚަބަރު

ގަލޮޅު ސިޓީ ޕާކަކީ ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު ޕީއެންސީގެ ކައުންސިލަރުން ފެއްޓެވި މަސައްކަތެއް: ނަރީޝް

ގަލޮޅު ސިޓީ ޕާކަކީ ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު ޕީއެންސީގެ ކައުންސިލަރުން ފެއްޓެވި މަސައްކަތެއް: ނަރީޝް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަދި ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖެނުއަރީ 2026، 08:14

14 ޖެނުއަރީ 2026، 08:14

ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމުގެ މަސައްކަތަކީ މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރަށް އިންތިޚާބުވި ޕީއެންސީގެ މެންބަރުންނާއެކު، އޭރުގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މަސައްކަތެއް ކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަދި ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ، ގިނަ އަހަރުތަކެއް ވަންދެން ވީރާނާވާން ދޫކޮށްލާފައި އޮތް ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް ހުޅުވުމަކީ މިހާރުގެ މޭޔަރުގެ މަސައްކަތެއް ކަމަށް ދޭހަވާ މޭރުމަކުން އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ، މި މަޝްރޫޢަކީ މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ޕީއެންސީ ކައުންސިލަރުން ފާސްކުރި ތަސައްވުރުގައި ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު ފެށި މަސައްކަތެއް ކަމަށެވެ.

މިއަދު ކައުންސިލުގައި ތިއްބެވި ކައުންސިލަރުންނާއި ވެރިން މިކަން ނިންމައި ގަލޮޅު ރައްޔިތުންނަށް ހިދުމަތް ލިބިގެން ދިޔުމަކީ ލިބޭ ޚާއްސަ އުފަލެއް. މާލެސިޓީ ތަރައްޤީ އަށް ނިންމައި އިމްޕްލިމެންޓްކުރާ ކޮންމެ ކަމަކީ އަދި ހޭދަކުރަން ނިންމާ ކޮންމެ ފައިސާގެ އަދަދަކީ ކައުންސިލަށް ހުށައަޅައި ކައުންސިލްގެ އަޣުލަބިއްޔަތު ވޯޓުން ނިންމާކަންކަން،

ނަރީޝް 

ނަރީޝް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީއަކީ ރައީސް މުޢިއްޒުގެ ތަސައްވުރު ދިރުވާ ޕީއެންސީގެ މެންބަރުންނެވެ.

ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމުގެ ކުރިން، އެ ސަރަހައްދުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސް މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ގަލޮޅު ރައްޔިތުންނާއެކު ދެ ބައްދަލުވުމެއް ބޭއްވެވިއެވެ. ޕާކުގެ ކުރެހުން އެކުލަވާލާފައިވަނީ އެ ބައްދަލުވުންތަކުން ލިބުނު މަޝްވަރާތަކާ އެއްގޮތަށް ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައެވެ.

ސިޓީ ކައުންސިލުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހޭދަކޮށްގެން ތަރައްގީކުރި މި ޕާކުގައި ތްރީ-އޮން-ތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި، ކަސްރަތު ކުރާނެ ސަރަހައްދަކާއި، ކުޑަކުދިން ކުޅޭނެ ޚާއްޞަ ސަރަހައްދެއްގެ އިތުރުން ހިތްހަމަޖައްސާލުމަށް މަޑުކޮށްލާނެ ޖާގަ އާއި އެކި ހަރަކާތްތައް ބޭއްވޭނެ އިންތިޒާމުތައް ވަނީ ގާއިމުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450