Ads by Stelco

ޚަބަރު

ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވަރޝަނެއް މިއަހަރުގެ މެދުތެރޭގައި ނެރެނީ

ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވަރޝަނެއް މިއަހަރުގެ މެދުތެރޭގައި ނެރެނީ

އީފާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 11:52

15 ޖެނުއަރީ 2026، 11:52

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ހާސިލްކުުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވާރޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ ކަަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އީފާސް ބޭނުންކުރާތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިހާތަނަށް އައު ވަރޝަންއެއް ނެރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ އީފާސްގެ ދެވަނަ ވަރޝަން ނެރުން ކަމަށާއި، އެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީފާސް ބޭނުންކުރުމުގައި އާންމުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކުރައްވަމުން ޑރ. ކިނާނަތު ވިދާޅުވީ، އައު ވަރޝަން ފަރުމާކުރަނީ ވަރަށް އެޑްވާންސް ފީޗަރސްތަކަކާއެކު ކަމަށެވެ. ޚާއްޞަކޮށް، އީފާސް ހުޅުވާލާ ކޮންމެ ފަހަރަކު ލޮގިންވާންޖެހުމާއި، ޚިދުމަތްތަކަށް އެޕްލައިކުރުމުގައި ދިމާވާ ދަތިތަކަށް މި އައު ވަރޝަންއާއެކު ހައްލެއް ލިބިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2,072,000 އަށްވުރެ ގިނަ ފަރާތްތަކުން އީފާސް ބޭނުންކުރަމުންދާކަން ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ. "މި ޔޫޒާސްތަކުގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިން ނުހިމެނޭ. އެހެންނަަމަވެސް އިފާސްގެ ދެވަނަ ވާރޝަންގަ އަޅުގަނޑުމެން 10 އަހަރުން ދަށުގެ ކުޑަކުދިންގެ ބެލެނިވެރިންނަށް ވަދެވޭގޮތަށް މި ފަރުމާކުރަނީ. އަޅުގަނޑުމެން ބޭނުންވަނީ އީފާސްބޭނުންކުރާ މީހުން އިތުުރުވުން،" ޑރ. ކިނާނަތު ވިދާޅުވިއެވެ.

އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (NCIT) އިން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ. މިއީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ. 13 އަހަރަށްފަހު މި ގެނެވޭ ބަދަލާއެކު ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450