Ads by Stelco

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް ބައެއް ބައިވެރިން ބ. ކިހާދޫއަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް ބައެއް ބައިވެރިން ބ. ކިހާދޫއަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ބައިވެެރިން. ފޮޓޯ: ދިފާޢީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 12:07

15 ޖެނުއަރީ 2026، 12:07

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ފުރިހަމަކުރި ބައިވެރިންގެ ތެރެއިން، ފަންނީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިވެރިން ބ. ކިހާދޫއަށް ފުރައިފިއެވެ.

މިއީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފަންނީ ތަމްރީނުގައި ބައިވެރިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ފާޅުކުރި ކުދިންނެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ ޖުމްލަ 70 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ފިރިހެން ބައިވެރިންނާއި 16 އަންހެން ބައިވެރިންނެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގް އެންޑް ލޮޖިސްޓިކްސްގައެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ 344 ދަރިވަރުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450