Ads by Stelco

ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލަށް ނަރުހުން ހޯދަން އިޢުލާނުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލަށް ނަރުހުން ހޯދަން އިޢުލާނުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 12:08

15 ޖެނުއަރީ 2026، 12:08

ހުލާސާ


ދަރުމަވަންތަ ހޮސްޕިޓަލުގައި ރެޖިސްޓާޑް ނަރުހުންގެ ގޮތުގައި މަސައްކަތްކުރާނެ ދާއިމީ މުވައްޒަފުން ހޯދުމަށް އެ ހޮސްޕިޓަލުން މިއަދު އިޢުލާނުކޮށްފިއެވެ.

މި ފުރުސަތަކީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހުޅުވާލެވުނު ފުރުސަތެކެވެ.

އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މުވައްޒަފުން ހޮވާނީ އިންޓަވިއު ކުރުމަށްފަހު މެރިޓް އުސޫލުންނެވެ. އަދި މި އުސޫލުން ހޮވޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި މަގާމަށް ހޮވޭ ނަރުހުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖުތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމަށް ނާސިން ކެއާ ޕްލޭންތައް އެކުލަވާލައި ވިލަރެސްކުރުން ހިމެނެއެވެ. މީގެ އިތުރުން ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ހޯލިސްޓިކް ނާސިން ކެއާ ފޯރުކޮށްދިނުމާއި، ބަލިމީހުންނާއި އާއިލާތަކަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން ހިމެނެއެވެ.

ހަމައެއާއެކު، ބަލިމީހުންނަށް ލިޔެދީފައިވާ ބޭސްފަރުވާގެ ކަންކަން ބަލަހައްޓައި، ބަލިމީހާގެ ހާލަތަށް އަންނަ ބަދަލުތައް މޮނިޓަރކޮށް، ސިއްހީ މަޢުލޫމާތުތައް ރެކޯޑްކޮށް އަދާހަމަކުރުމަކީވެސް މި މަގާމުގެ މުހިންމު ޒިންމާތަކެކެވެ.

މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ރަސްމީ އީމެއިލް މެދުވެރިކޮށް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450