Ads by Stelco

ޚަބަރު

ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑަކީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވެއްޖެ

ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑަކީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވެއްޖެ

ކިނޮޅަސް ފޮޓޯ: ޓައިމްސް އޮފް އައްޑޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖެނުއަރީ 2026، 01:01

15 ޖެނުއަރީ 2026، 01:01

ރ. ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން، އެއީ ފިރިހެނެއްގެ ހަށިގަނޑުކަން މިހާރު ކަށަވަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި ހަށިގަނޑަކީ 2026 ޖެނުއަރީ 04 ވަނަ ދުވަހު ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި، ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑާއި، 2025 ޑިސެމްބަރު 21 ވަނަ ދުވަހު ކ. ކަނޑޫމާތިލަ ކައިރިން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު، އެއީ 2025 ޑިސެމްބަރު 17 އިން ފެށިގެން ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން މިހާރު ވަނީ ޔަގީންކުރެވިފައެވެ.

ކަނޑޫމާތިލަ ކައިރިން ފެނުނު ހަށިގަނޑާއި ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑަކީ ވެސް ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާއާ ގުޅުމެއް ނެތް ހަށިގަނޑުތަކެއްކަން ކަށަވަރުވުމާއެކު، މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.

ގެއްލިފައިވާ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތާއި، ފެނުނު ހަށިގަނޑުތަކަކީ ކޮން ބައެއްގެ ހަށިގަނޑުތަކެއްތޯ ދެނެގަތުމަށްޓަކައި ފުލުހުންގެ ހާއްސަ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450