Ads by Stelco

ޚަބަރު

އެކްސަސައިޒް ދޯސްތީގެ ދަށުން ސްރީލަންކާއާއި އިންޑިއާގެ މަނަވަރުތައް ރާއްޖެ އަތުވެއްޖެ

އެކްސަސައިޒް ދޯސްތީގެ ދަށުން ސްރީލަންކާއާއި އިންޑިއާގެ މަނަވަރުތައް ރާއްޖެ އަތުވެއްޖެ

އެކްސަސައިޒް ދޯސްތީގައި ބައިވެރިވުމަށް ރާއްޖެއައި އިންޑިއާގެ ކޯސްޓްގާޑް މަނަވަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖެނުއަރީ 2026، 03:34

16 ޖެނުއަރީ 2026، 03:34

އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ކުރިއަށްގެންދާ "އެކްސަސައިޒް ދޯސްތީ" ގައި ބައިވެރިވާ އިންޑިއާ އަދި ލަންކާގެ ކޯސްޓްގާޑު މަނަވަރުތައް ރާއްޖެ އަތުވެއްޖެއެވެ.

މި އެކްސަސައިޒަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ހަރަކާތެކެވެ.

މި އެކްސަސައިޒުގައި ބައިވެރިވުމަށް އިންޑިއާ ކޯސްޓްގާޑުގެ ތިން މަނަވަރެއް ކަމަށްވާ އައިސީޖީ ޑޯނިއަރ، އައިސީޖީއެސް އަތުލްޔާ އަދި އައިސީޖީއެސް ވަޖްރާ މިހާރު ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން ލަންކާ ކޯސްޓްގާޑުގެ މަނަވަރު އެސްއެލްއެންއެސް ސުރަނިމިލާ ވެސް ވަނީ ރާއްޖެއަށް ބަނދަރުކޮށްފައެވެ.

މި ތަމްރީނުތަކުގައި ބައިވެރިވުމަށް ދެ ޤައުމުގެ ކޯސްޓްގާޑުގެ އިސް ބޭފުޅުންވެސް ވަނީ ރާއްޖެ ވަޑައިގަންނަވަން ފައްޓަވާފައެވެ. އެގޮތުން ސްރީލަންކާ ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް އާރްއޭޑީއެމް ރޯހަން ޖޯސެފް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

މީގެ 35 އަހަރު ކުރިން އިންޑިއާ އަދި ރާއްޖޭގެ ކޯސްޓްގާޑާ އެކު ފެށި މި އެކްސަސައިޒުގައި ސްރީލަންކާއިން ބައިވެރިވާން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވި ގޮތުގައި މިއަހަރުގެ އެކްސަސައިޒް ކުރިއަށްދާނީ މިމަހުގެ 17 އިން 19 އަށެވެ.

މި އެކްސަސައިޒުގެ ތެރެއިން ސާޗް އެންޑް ރެސްކިއު ޑްރިލްތަކާއި، މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް އަދި މެރިޓައިމް ސެކިއުރިޓީއާ ގުޅުންހުރި މުހިންމު ތަމްރީނުތަކެއް ކުރިއަށް ގެންދާނެއެވެ. މިއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ނަމަވެސް، ތަމްރީނުތައް ކުރިއަށްދާއިރު އެ ސަރަޙައްދުތަކުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފްއިން ފާހަގަކުރި ގޮތުގައި މި ހަރަކާތުގެ ސަބަބުން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ. ޚާއްޞަކޮށް މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެއް ޤައުމަކަށް އެކަނި ކުރަން ދަތި ކަމަކަށް ވާތީ، ޤައުމުތައް ގުޅިގެން ކުރާ މިފަދަ މަސައްކަތްތަކުން ފުރިހަމަ ނަތީޖާއެއް ނެރެވޭނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި އެކްސަސައިޒުގައި ރާއްޖެ، އިންޑިއާ އަދި ލަންކާ އަމަލީގޮތުން ބައިވެރިވާއިރު، އެހެން ބައެއް ޤައުމުތަކުން މި ހަރަކާތްތައް އޮބްޒާވް ކުރުމަށް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450