Ads by Stelco

ޚަބަރު

އިންތިޚާބާއި ބެހޭ ލަފާދޭ ގައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އިންތިޚާބާއި ބެހޭ ލަފާދޭ ގައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އިންތިޚާބާއި ބެހޭ ލަފާދޭ ގައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން. ފޮޓޯ: އީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖެނުއަރީ 2026، 10:53

17 ޖެނުއަރީ 2026، 10:53

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން ލަފާދޭ ގައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.

 މި ކޮމިޓީއަކީ އިންތިޚާބުގެ ގަވާއިދުގެ ދަށުން، އިންތިޚާބާ ގުޅޭ ކަންކަމުގައި ލަފާހޯދުމަށާއި މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން، ދައުލަތުގެ އެކި މުއައްސަސާތަކާއި، މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ. ޖުމްލަ 32 މެންބަރުން ހިމެނޭ މި ކޮމިޓީގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ބައިވެރިވީ ކޮމިޝަނުން ކަނޑައަޅާފައިވާ ދެ ޖަމިއްޔާއެކެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި 2026 ވަނަ އަހަރުގެ އިންތިޚާބާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އިންތިޚާބު ބާއްވާނެ ތާރީޚާއި، އިންތިޚާބުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ތަފްސީލު ހިމެނެއެވެ. އަދި ކޮމިޓީގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އިންތިޚާބުގައި ކެންޑިޑޭޓުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޓެމްޕްލޭޓް މެދުވެރިކޮށް ވޯޓުލުމަށް ރަޖިސްޓަރީވުމުގެ މުހިންމުކަމާއި، އެކަމަށް އަމަލުކުރަންޖެހޭ އުސޫލުތައް ކޮމިޓީގެ މެންބަރުންނަށް ތަފްސީލުކޮށްދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450