Ads by Stelco

ޚަބަރު

ޖެމްސްގެ އައު ވަރޝަން މާރިޗު މަހު ނެރެނީ: މުޅި ނިޒާމު "ޕޭޕަރލެސް" ކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކުރެވޭނެ

ޖެމްސްގެ އައު ވަރޝަން މާރިޗު މަހު ނެރެނީ: މުޅި ނިޒާމު "ޕޭޕަރލެސް" ކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކުރެވޭނެ

ޖެމްސް ފޮޓޯ: އީގަވް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2026، 02:31

17 ޖެނުއަރީ 2026، 02:31

ސަރުކާރުގެ އިދާރާތަކުގައި ލިޔެކިއުން ބެލެހެއްޓުމަށް ބޭނުންކުރާ "ގަވަމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް" (ޖެމްސް) ގެ އައު ވަރޝަން އަންނަ މާރިޗު މަހު ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް ޑިޖިޓަލް ސާވިސެސްއިން ހާމަކޮށްފިއެވެ. މި އައު ވަރޝަން ފަރުމާކޮށްފައިވަނީ ކަރުދާހާ ނުލައި، މުޅިން ޑިޖިޓަލްކޮށް ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތަށެވެ.

ޖެމްސް އަކީ 2012 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމާއި އިދާރީ މަސައްކަތްތައް ހިންގުމަށް ބޭނުންކުރަމުން އަންނަ ނިޒާމެކެވެ. މި ނިޒާމަށް އެކި ދުވަސްވަރު ބަދަލުތައް ގެނައި ނަމަވެސް، މިހާރު ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން މިހާރު ވަނީ މި ނިޒާމު އެއްކޮށް އަޕްގްރޭޑް ކުރުމަށް ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ، ކުރިން ހަމައެކަނި ސަރުކާރުގެ ނެޓްވޯކްތަކުގެ ތެރޭގައި ބޭނުންކުރެވުނު ޖެމްސް، އައު ވަރޝަނާއެކު ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ބޭނުންކުރެވޭނެ ކަމަށެވެ. އަދި މި ވަރޝަންގައި ޑިޖިޓަލްކޮށް ސޮއިކުރެވޭނެ ފީޗާ ފަދަ މުހިންމު ބަދަލުތައް ހިމެނޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން ޖެމްސްގެ އައު ވާޝަން ފަރުމާކޮށްފައިވަނީ ޕޭޕަރލެސް ސިސްޓަމެއް ގޮތުގައި. މީގެ ސަބަބުން އެއްގޮތަކަށްވެސް ކަރުދާސް ބޭނުން ނުޖެހޭނެ. މީގެ ސަބަބުން ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ،

ޑރ. ކިނާނަތު 

މޯލްޑިވްސް ޑިޖިޓަލް ސާވިސެސްގެ ޕްރޮޖެކްޓް މެނޭޖަރ ޝަޒްރާ މުހައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، އައު ވަރޝަނުގައި ކޭސް މެނޭޖްމެންޓާއި މެއިލް މެނޭޖްމެންޓް ފަދަ އިދާރީ ގިނަ މަސައްކަތްތަކެއް ހިމެނޭނެއެވެ. އަދި ރައްޔިތުންނަށް ގޭގައި ތިބެގެން އިދާރާތަކަށް ލިޔެކިއުންތައް ހުށަހެޅޭނެ މަގުވެސް މި ބަދަލާއެކު ފަހިވެގެންދާނެއެވެ.

މި ނިޒާމަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން 960 އެއްހައި އިދާރާގައި ތަމްރީނުތައް ހިންގުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތް ތަންފީޒު ކުރަމުންދާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ. މީގެ ބޭނުމަކީ ކުރީގެ އެޕްލިކޭޝަންތައް ދޫކޮށްލައި، މުޅިން އައު އަދި ޒަމާނީ ނިޒާމަކަށް ސަރުކާރުގެ އިދާރާތައް ބަދަލުކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450