Ads by Stelco

ޚަބަރު

މަސްޖިދުލް ޔޫސުފުލް ބަރުބަރީ އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުވެނީ

މަސްޖިދުލް ޔޫސުފުލް ބަރުބަރީ އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުވެނީ

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2026، 05:44

17 ޖެނުއަރީ 2026، 05:44

މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތުގެ މަސައްކަތް ނިންމައި، އަންނަ ރަމަޟާން މަހުގެ ކުރިން އެ މިސްކިތް ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ބަރުބަރީ މިސްކިތުގެ މަސައްކަތް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ. އަދި އަމާޒަކީ ރަމަޟާން މަހުގެ ކުރިން މިސްކިތް ހުޅުވައި، އެ މާތް މައްސަރުގައި އެތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތިން ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ އެއްފަހަރާ 1،400 މީހުންނަށް ނަމާދު ކުރެވޭނެ ބޮޑު ޖާގައެއް އޮތް ބިނާއެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މިސްކިތްތައް ބިނާކުރުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި އެކި ރަށްރަށުގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ތާވަލުކޮށްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް އައު މިސްކިތްތައް ހުޅުވުމާއި، ހުރި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މުޅިން އަލަށް އިމާރާތްކުރާ 15 މިސްކިތެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450