Ads by Stelco

ޚަބަރު

"ބަލްމާ-6" ބޯޓު ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި

"ބަލްމާ-6" ބޯޓު ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި

ބަލްމާ ބޯޓު ބަންޑުން ޖަހާލާފައި ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖެނުއަރީ 2026، 09:59

18 ޖެނުއަރީ 2026، 09:59

މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލުމާ ގުޅިގެން، އެ ބޯޓުން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނު 7:27 އެހައިކަންހާއިރު ބަންޑުން ޖަހާލާފައިވަނީ "ބަލްމާ – 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ބޯޓު ބަންޑުން ޖަހާލީ ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިރި އަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމްލަ 4 މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައިވާއިރު، އަނެއް ދެ މީހުން އަދިވެސް ފެނިފައެއް ނުވެއެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެކެވެ.

މި މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"ބަލްމާ-6" އަކީ ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި ބޯޓެކެވެ. ބޯޓު ބަންޑުން ޖަހާލުމާ ގުޅިގެން، ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ. ކޯސްޓްގާޑުން ލަފާކުރާ ގޮތުގައި މި ތަކެތި އޮޔާދަނީ ހުޅަނގު ފަރާތަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450