Ads by Stelco

ޚަބަރު

ސަރުކާރުން ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މި ދައުރުގައި ނިންމާ ހަވާލުކުރާނަން: ވަޒީރު މުއްޠަލިބު

ސަރުކާރުން ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މި ދައުރުގައި ނިންމާ ހަވާލުކުރާނަން: ވަޒީރު މުއްޠަލިބު

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖެނުއަރީ 2026، 10:46

18 ޖެނުއަރީ 2026، 10:46

 ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އެ ސަރުކާރެއްގެ ދައުރުގެ ތެރޭގައި ނިންމައި އާންމުންނާ ހަވާލުކޮށްފައި ނެތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރަތަމަ މަޝްރޫޢާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، 2008 ވަނަ އަހަރުގެ ފަހުން އައި އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މަޝްރޫޢުތައް ނިންމައި، އެ ތަންތަނުގައި ރައްޔިތުންނަށް ދިރިއުޅެވޭވަރު ކުރުން ކަމަށް ވިދާޅުވިއެވެ.

މިހާރު އިޢުލާނުކޮށްފައިވާ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން 15,000 ގޯއްޗާއި 7,900 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިއީ އާއިލާތަކަށް ޚާއްޞަ ސްކީމެއް ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ފޯމު ހުށަހެޅޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުތަކުގެ ޔަޤީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ހަމަޖެހި، ބޭނުންވާ ފައިސާވެސް ކަށަވަރުވެފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ:

ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތައް.
އިންޑިއާ ސަރުކާރުގެ އެހީގައި ފައިނޭންސް ލިބިފައިވާ 4,000 ޔުނިޓް.
ސަޢުދީ ފަންޑާއި ބޭރުގެ އެހެނިހެން އެހީތަކުން ހަމަޖެހިފައިވާ މަޝްރޫޢުތައް.


މި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން. 7,900 ފްލެޓަކީވެސް ފައިނޭންސް ޔަޤީންވެފައިވާ މަސައްކަތެއް،

ވަޒީރު 

މި ސަރުކާރުގެ މައިގަނޑު ވަޢުދަކީ 18 އަހަރުން މަތީގެ އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން މަޙްރޫމްވެފައި ނުބެހެއްޓުމެވެ. މިކަން ކަށަވަރު ކުރުމަށްޓަކައި މާލެ ސަރަޙައްދުގައި ބޮޑެތި ބިން ހިއްކުމުގެ މަޝްރޫޢުތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އޭގެ ތެރޭގައި ހުޅުމާލެއިން 63 ހެކްޓަރު، ރަސްމާލެއިން 1,009 ހެކްޓަރުގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުގެ މަޝްރޫޢުތައް ހިމެނެއެވެ. ޖުމްލަ 1,600 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އިސްކަމަކީ އެންމެ ބޭނުންޖެހިފައިވާ އާއިލާތަކަށް އިސްކަންދީގެން ރައްކާތެރި ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450