Ads by Stelco

ޚަބަރު

ބޯޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ބޯޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

"ބަލްމާ - 6" ބަނޑުން ޖަހާލާފައި ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖެނުއަރީ 2026، 11:34

18 ޖެނުއަރީ 2026، 11:34

ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިރިއަށް މުދާ އުފުލާ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިއަދު ހެނދުނު 7:27 އެހާކަންހާއިރު ބަންޑުންޖަހާލާފައިވަނީ ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި "ބަލްމާ - 6" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ޖުމްލަ ހަތަރު މީހުން ތިބިއިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔައީ ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް ފެނިފައިވަނީ ގެއްލުނު ދިވެހި މީހާގެ ހަށިގަނޑެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ. ނަމަވެސް، ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން އަދިވެސް ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ބޯޓު ބަންޑުންޖަހާލުމާ ގުޅިގެން ބޯޓުގައި ހުރި ބައެއް މުދާތައް އޮޔާދަމުންދާ ކަމަށެވެ. މި ތަކެތި އޮޔާދާނީ ހުޅަނގަށް ކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450